މުދަލު ޒަކާތުގެ ނިޞާބު ބަދަލުވެއްޖެ އެވެ.
އިސްލާމިމް މިނިސްޓްރީން ބުނީ، 20 އޯގަސްޓް 2021 އިން ފެށިގެން މުދަލު ޒަކާތައް ވާޖިބުވާ ނިޞާބަކީ 6878.20 (ހަހާސް އައްސަތޭކަ ހަތްދިހަ އަށް ރުފިޔާ. ވިހި ލާރި) ކަމަށެވެ.
ޒަކާތުގެ 2 ވައްތަރެއްވެއެވެ. އެއީ ރޯދަ މަހުގެ ރޯދާއާއި ގުޅިފައިވާ ފިޠުރު ޒަކާތާއި އަޅުގަނޑުމެންގެ މުދަލުން ކޮންމެ އަހަރަކު އެއްފަހަރު ދައްކަންޖެހޭ މުދަލު ޒަކާތެވެ. މި ދެ ޒަކާތުންކުރެއް އިސްލާމްދީނުގެ 3 ވަނަ ރުކުނަކީ މުދަލު ޒަކާތެވެ.
ނިޞާބަކީ: މުދަލުގައި އެ މިންވަރެއް ހަމަވުމުން ޒަކާތް ވާޖިބުވާ މިންވަރެވެ. އެ މިންވަރަށްވުރެ މަދުވެއްޖެނަމަ ޒަކާތް ވާޖިބެއްނުވާނެ އެވެ. ޒަކާތް ދައްކާ މުދަލުގެ ބާވަތަކާގުޅޭގޮތުން އެ މިންވަރު ތަފާތުވާނެ އެވެ.
މިސާލަކަށް ބަލާނަމަ، ތިބާގެ އަތުގައިވާ ފައިސާއިން ޒަކާތް ދައްކާނަމަ، ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން ކަނޑައަޅުއްވާފައިވާ ނިޞާބުގެ މިންވަރަކީ 6878.20 ރުފިޔާ އެވެ. އެހެންކަމުން ތިބާގެ އަތުގައިވާ ޖުމްލަ ފައިސާގެ އަދަދު 6878.20 ރުފިޔާއަށް ވުރެ މަދުނުވެ، އެއް އަހަރު ފުރިއްޖެނަމަ ޒަކާތް ވާޖިބު ވާނެ އެވެ.
މިގޮތުން އަހަރުގެ އެއްވެސް ހިސާބެއްގައި އަތުގައިވާ ޖުމްލަ ފައިސާގެ އަދަދު މިއަށްވުރެ މަދު ވެއްޖެ ކަމުގައިވާނަމަ، އަނެއްކާވެސް 6878.20 ރުފިޔާ ހަމަވުމުން އަހަރު އަލުން ގުނަން ފަށާނީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް