2023ގައި އޮންނާނީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއް: ރިޔާޒު ރަޝީދު

2023ގައި ރާއްޖޭގައި ވެރިކަން ކުރާނީ ޖުމްހޫރީ ޕާޓީން ކަމަށް ވިލުފުށި ދާއިރާގެ ކުރީގެ މެމްބަރު އަދި ޖޭޕީގެ ލީޑަރުގެ އެޑްވައިޒަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެ އެވެ. ރިޔާޒު ރަޝީދު މިހެން ވިދާޅުވީ ޖޭޕީއަށް އ...

31 Aug 2021 | 10:39

2023ގައި ރާއްޖޭގައި ވެރިކަން ކުރާނީ ޖުމްހޫރީ ޕާޓީން ކަމަށް ވިލުފުށި ދާއިރާގެ ކުރީގެ މެމްބަރު އަދި ޖޭޕީގެ ލީޑަރުގެ އެޑްވައިޒަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެ އެވެ.

ރިޔާޒު ރަޝީދު މިހެން ވިދާޅުވީ ޖޭޕީއަށް އަލަށް މެމްބަރުންތަކެއްގެ ފޯމު ހަވާލުކުރުމަށް މ. ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަމުން ނެވެ.

ރިޔާޒު ވިދާޅުވީ 2023 ގައި ބޮޑު އުފާވެރިކަމެއް ޖޭޕީއަށް ލިބިގެންދާތަން ފެންނާނެ ކަމަށާއި އެގޮތުން 2023 ގައި ރާއްޖޭގައި އުފެދޭނީ ޖޭޕީގެ ވެރިކަމެއް ކަމަށެވެ.

"2023 ގައި އޮންނަ އިންތިހާބަށް ނިކުމެ، ބޮޑު ތަފާތު ނަތީޖާއަކުން އެ އިންތިހާބު ކާމިޔާބު ކުރުން އަމާޒަކީ. އެގޮތަށް މަސައްކަތް ކުރާނީ" ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ އެ ޕާޓީއަކީ މަގުމަތިން ވެރިކަން ވައްޓަން ނިކުންނާނެ ޕާޓީއެއް ނޫން ކަމަށެވެ. އަދި އެގޮތަށް ޖޭޕީން ކަން ކުރާނެ ކަމަށް ބައެއް ފަރާތްތަކަށް ހީވާނަމަ އެއީ މާޒީ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

މީގެ އިތުރުން، ޖޭޕީ މިހާރު ދަތުރުކުރަމުންދަނީ ޕާޓީ ފުޅާކޮށް، ޕާޓީގެ ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރިޔާޒު މިހެން ވިދާޅުވިއިރު 2023 ވަނަ އަހަރު ބާއްވާ އިންތިޚާބަށް ރިޔާސީ ކެންޑިޑޭޓަކު ނެރުމަށް ޖޭޕީން ވަނީ ނިންމާ ފައެވެ. ބެލެވޭ ގޮތުގައި އެއީ އެ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް