ވަށައިގެން މޫދާއި ކަނޑު އޮތުމުގެ ސަބަބުން ދިވެހިންނަކީ މޫދާއި ކަނޑަށް ފަރިތަބައެކެވެ.
ކަނޑުން ލިބޭ ރޯދިން އެ މީހުންގެ ބަނޑު ފުރައި މުއްތިކުރި ބައެކެވެ، މިއަދު ވެސް އެކަން އޮތީ އެހެންނެވެ. ދިވެހިން އެ މީހުންގެ ލޭނާރު ކަމަށްވާ "މަސްވެރިކަމަށް" އަދި ވެސް ވަރަށް ލޯބިކުރެއެވެ. އެ މަސައްކަތަށް ނިކަން ފަރިތައެވެ.
އެކަން މިއަދު އާންމުވެގެން އުޅޭ ވީޑިއޯއަކުން އެބަ ފެނެއެވެ.
މަސްވެރިޔާ މަސް ބާނަމުން ދިޔައީ އާދައިގެ މަތިން ކުރު ދޮށީގައެއް ނޫނެވެ. ކުނިކަހާ ފިހިގަނޑެއްގައި ކަންވާރު ޖަހައިގެންނެވެ. ވަކި ތަފާތެއް ނުފެނެއެވެ.
ފަރިތަކަމާއެކު މަހަކަށް ފަހު މަހެއް އޮޑިއަށް ލަމުން ދާތަން ފެނުނެވެ. ވަރަށް ހިތް އުފާވި މަންޒަރެކެވެ، ފަހުރުވެރިވި މަންޒަރެކެވެ. އެއީ ކެރޭ ޒުވާން ކެޔޮޅެކެވެ.
https://www.facebook.com/masverin/videos/532938484442471
ދިވެހިންނަކީ މަސްވެރި ބައެކެވެ. ދިވެހިރާއްޖޭގައި ގިނަވާނީ މަސްވެރިންނެވެ. ޒަމާނުއްސުރެ އާމްދަނީ ހޯދުމަށް ކުރަމުން އައި އެންމެ މައިގަނޑު މަސަތްކަތަކީ މަސްވެރިކަމެވެ. މިއަދުވެސް ރާއްޖޭގެ އިޤްތިޞާދުގެ ވަރަށްބޮޑު ޙިއްސާއެއް ބިނާވެފައި އޮތީ މަސްވެރިކަމުގެ މައްޗަށެވެ.
ނަމަވެސް ދިވެހިންގެ މަސްވެރިކަމާބެހޭ ވަރަށްގިނަ ކަންތައްތަކެއް މިހާރު މިވަނީ ބަދަލުވެފައެވެ.
މިޒަމާނުގައި މަހަށްދާ ދޯނިފަހަރު ވެސް މިވަނީ ތަފާތުވެފައެވެ. ސޯޅަ ސަތާރަ ރިޔަނުގެ ދިގުމިނުގައި ކުރިން ހުރި ދޯނިފަހަރުގެ ބަދަލުގައި މިހާރު ގެންގުޅެނީ ފަސްދޮޅަސް ފޫޓު ނުވަތަ އައްޑިހަ ފޫޓުގެ ބޮޑެތި ދޯނި ފަހަރެވެ. ވައްތަރާ ސިފަވެސް ބަދަލުވެފައެވެ.
ދިގުމޮލަށް ނުވަތަ ކުރުމޮލަށްޖެހި މަސްދޯނި ފަހަރު މަދުވެ ތައްޓުއެޅި ޔާޑުދޯނި ފަހަރަށްވެފައެވެ. ސެކަންޑު ޖެނެރޭޝަންގެ ދޯނި ފަހަރެވެ. މިހާރަކު މަހަށްދާކަށް ބައުދޯނި ފަހަރެއް ނުގެންގުޅެއެވެ. ރިޔަލުގައި ދުއްވި ދުއްވުންތަށް އިންޖީނަށް މުޅިން ބަދަލުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް