ބައިލައްކަ ރުފިޔާގެ ގިފްޓް ވައުޗަރއާއެކު މޯލްޑިވްސް ލިވިންގ އެކްސްޕޯގެ ގިފްޓް ޕާޓްނަރއަކަށް މުނި ހޯމް ކެއަރ ހަމަޖައްސައިފި އެވެ.
މި އެކްސްޕޯ އިންތިޒާމުކުރާ ހައި ރައިޒުން ބުނީ މިއަހަރުގެ ލިވިންގ އެކްސްޕޯ ބޭއްވުމަށް ނިންމާފައިވަނީ ނޮވެމްބަރ 18 އިން 20 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކަމަށެވެ. އަދި ހުޅުމާލޭ ސެންޓްރަލް ޕާކުގައި މި އެކްސްޕޯ ބޭއްވުމަށް އެޗްޑީސީ އާއެކު ޕާޓްނަރޝިޕް ހަދާ، ހައި ރައިޒުން ވަނީ އެއްބަސްވުމުގައި ސޮއި ކޮށްފަ އެވެ.
ހައި ރައިޒުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓަރ އޮފް ސޭލްސް އެންޑް މާކެޓިންގ މަރިޔަމް މާއިޝާ އެވެ. އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ ޑިޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަހްމަދު އާތިފް އެވެ.
2013 ވަނަ އަހަރު ފެށި، މޯލްޑިވްސް ލިވިންގ އެކްސްޕޯގެ ކާމިޔާބު 8 އެޑިޝަނަށްފަހު އެކްސްޕޯގެ 9 ވަނަ އެޑިޝަން އިއުލާނު ކުރަމުން ހައިރައިޒުން ބުނީ، މި އަހަރުގެ އެކްސްޕޯވެގެންދާނީ ރިއަލް އެސްޓޭޓްގެ ދާއިރާއިން މި ސަރަހައްދުގައި ފާހަގަ ކޮށްލެވޭ ކުންފުނިތަކާއި، އިމާރަތް ތަކާއި ދިރިއުޅުމަށް ބޭނުންވާނެ ޚިދުމަތްތަކާއި އެހެންނިހެން ތަކެތީގެ ވިޔަފާރިތައް އެއްތަނަކަށް ގެނެސް އިތުރަށް ފުރިހަމަ ކުރެވިފައިވާ އެކްސްޕޯއަކަށް ކަމަށެވެ.
ގެދޮރުވެރިކަމާއި ރައްވެހިކަމުގެ ޒަމާނީ ފެންވަރަށް ތަރައްގީކުރެވެމުންދާ ހުޅުމާލޭގެ ސެންޓްރަލްޕާކުގައި މިއަހަރުގެ ލިވިން އެކްސްޕޯ ބާއްވަން ހަމަޖެހިފައި ވާއިރު، އެކްސްޕޯގެ ޕާޓްނަރުންނާއި، ސްޕޮންސަރުންގެ އެއްބާރުލުމާއެކު މިއަހަރުގެ އެކްސްޕޯގައި އެންމެ އަގުބޮޑު އިމާރަތްތަކުން ފެށިގެން އަގު ހެޔޮ އިމާރަތްތަކާއި ދިރިއުޅުމަށް ބޭނުންވާ ތަފާތު އެކި ތަކެއްޗާއި ހިދުމަތްތައް އެއްތަނަކުން ދައްކާލެވިގެންދާނެ އެވެ.
މޯލްޑިވްސް ލިވިންގ އެކްސްޕޯ އަކީ، ޕަބްލިކޭޝަން އަދި ޕީއާރް ދާއިރާގެ އިތުރުން އިވެންޓް މެނޭޖްމެންޓްގެ ދާއިރާއިން ރާއްޖޭގެ އެންމެ ކުރިއަރާފައިވާ އެއް ކުންފުނި ކަމަށްވާ ހައިރައިޒް ޕްރައިވެޓް ލިމިޓެޑްއިން އިންތިޒާމްކޮށް ރާވާ ހިންގާ އިވެންޓެކެވެ.
މޯލްޑިވްސް ލިވިން އެކްސްޕޯ ފާހަގަކޮށްލެވެނީ ފާއިތުވި 8 އަހަރު ލައިފްސްޓައިލް އަދި ރިއަލް އެސްޓޭޓްގެ ދާއިރާއިން ރާއްޖޭގައި ހަމައެކަނި ބާއްވާ އެކްސްޕޯގެ ގޮތު ގައެވެ. ލިވިންއެކްސްޕޯގައި އާންމު ފަރާތްތަކަށާއި އިންވެސްޓަރުންނަށް ރިއަލްއެސްޓޭޓް ދާއިރާގެ ތަފާތު އެކި ޕްރޮޖެކްޓްތަކާއި، އިންޓީރިއާ، އެކްސްޓީރިއާގެ އިތުރުން ފައިސާގެ މުއާމަލާތްތައް ގެންދާނެ ގޮތުގެ މައުލޫމާތު އެއްތަނަކުން ލިބިގެންދާނެއެވެ.
ތިން ދުވަހުގެ މުއްދަތައް ކުރިއަށްދާ މި އެކްސްޕޯ ވެގެންދާނީ ވިޔަފާރިތަކަށް ބޭނުންވާ އެންމެ އެކަށޭނެ އިންވެސްޓަރުންނާއި އެ ވިޔަފާރިތައް އެއްތަންކުރުވާ ބައްދަލުކޮށްދޭ މެދުވެރިއަކަށެވެ.
މޯލްޑިވްސް ލިވިންގ އެކްސްޕޯ 2021 ގެ ގިފްޓް ޕާޓްނަރެއްގެ ގޮތުގައި މުނިހޯމްކެއަރ ހަމަޖެހުމަކީ އެ އެކްސްޕޯއަށް އިތުރު ފުރިހަމަ ކަމެއް ގެނުވާނެ ކަމެކެވެ. 1983 ވަނަ އަހަރު ވުޖޫދަށްއައި މުނިހޯމްކެއަރ އަކީ މިހާރު މިދެކޭ ރާއްޖޭގެ ތަރައްގީގައި ދިވެހީންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި މުހިއްމު ރޯލެއް އަދާކޮށްފައިވާ އަދި މިހާރުވެސް އަދާ ކުރަމުންދާ ގެއަށް ބޭނުނުންވާ ތަފާތު އެކި ސާމާނުގެ ވިޔަފާރިކުރާ ކުންފުންޏެކެވެ.
ވިޔަފާރީގެ ދާއިރާގައި 30 އަހަރަށްވުރެ ގިނަދުވަސްވެފައިވާއިރު މުނިހޯމްކެއަރ ޕްރައިވެޓް ލިމިޓެޑްގެ ދަށުން މުނިހޯމްކެއަރ، މުނި ޓްރޭޑަރސް އަދި ފަރުނީޗަރ ސެންޓަރ އިން ދިވެހިންގެ އިތުބާރު ހޯދާފައިވާ ގެދޮރަށް ބޭނުންވާ ތަފާތު އެކި ސާމާނު ފޯރުކޮށްދެއެވެ. އެގޮތުން ގޭގެ ބަދިގެއިންފެށިގެން ގޭގެ ފެންޑާއިން ކޮޓަރިތަކުގެ ފާހަނާތަކާހަމައަށް ބޭނުންވާބޭނުންވާ އެކި ފެންވަރުގެ ތަފާތު ތަކެތި މުނިހޯމްކެއަރގެ ދަށުން ލިބެން ހުރެއެވެ.
މުނިހޯމްކެއަރގެ އަމާޒަކީ ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅެމުންދާ މީހުންގެ ދިރިއުޅުމުގެ ފެންވަރު ބިނާކުރުމަށް ގޭތެރެއަށް ބޭނުންވާ ސާމާނު ފޯރުކޯށްދީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް