ވެކްސިން ނުޖަހާ ފަނޑިޔާރުން ކޮންމެ ދެ ހަފްތާއަކުން ޕީސީއާޜު ޓެސްޓު ހަދަން ޖެހޭނެ

ކޮވިޑް-19 ވެކްސިން ފުރިހަމަ ނުކުރާ ނުވަތަ ވެކްސިން ނުޖަހާ ފަނޑިޔާރުން ކޮންމެ14 ދުވަހަކުން ޕީސީއާރު ޓެސްޓު ހަދަން ޖެހޭނެ ކަމަށް ޑިޕާޓްމެންޓް އޮފް ޖޫޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފި އެވެ. އެ ޑިޕާޓްމެނ...

31 Aug 2021 | 09:01

ކޮވިޑް-19 ވެކްސިން ފުރިހަމަ ނުކުރާ ނުވަތަ ވެކްސިން ނުޖަހާ ފަނޑިޔާރުން ކޮންމެ14 ދުވަހަކުން ޕީސީއާރު ޓެސްޓު ހަދަން ޖެހޭނެ ކަމަށް ޑިޕާޓްމެންޓް އޮފް ޖޫޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފި އެވެ.

އެ ޑިޕާޓްމެންޓުން މިއަދު އާންމު ކުރި ސާކިއުލާގައި ބުނެފައިވަނީ މާދަމާއިން ފެށިގެން ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ ފަނޑިޔާރުންގެ ތެރެއިން ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ ބޭފުޅުން ކޮންމެ ދެ ހަފްތާއަކުން ޕީސީއާރް ޓެސްޓް ހަދަން ޖެހޭނެ ކަމަށެވެ. މިގޮތަށް ނިންމާފައި ވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށެގެން ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ މީހުން ވަޒީފާތަކަށް ނިކުމެވޭނީ ކޮންމެ 14 ދުވަހަކުން ޕީސީއާރް ޓެސްޓް ހަދައިގެން ކަމަށް އެޗްޕީއޭ އިން ކަނޑައަޅާފައި ވާތީ ކަމަށް ސާކިއުލާގައިވެ އެވެ.

ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުންނަށް ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށެގެން ދަތިތަކަކާއި ކުރިމަތިލާން ޖެހޭނެ އެވެ. އެގޮތުން ވެކްސިން ފުރިހަމަ ނުކުރާ މީހުން ދަތުރުފަތުރުކުރާ އުޅަނދުތަކަށް ނޭރުވުމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު ވަނީ އަންގާފަ އެވެ. އަދި މާދަމާއިން ފެށިގެން ސްކޫލްތަކަށް ވަދެވޭނީވެސް ދަރިވަރުން ފިޔަވައި ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށެވެ.

ސަރުކާރު މުވައްޒަފުންވެސް ވެކްސިން ފުރިހަމަ ނުކުރާ ނަމަ ކޮންމެ14 ދުވަހަކުން ޕީސީއާރު ނެގެޓިވް ނަތީޖާ ހުށަހަޅަން ޖެހެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް