ރ. އަތޮޅުގެ ހުރިހާ ހެލްތު ސެންޓަރަށް އޮކްސިޖަން ކޮންސެންޓްރޭޓާ!

ރ. އަތޮޅުގެ ހުރިހާ ހެލްތު ސެންޓަރުތަކަށް ބޭނުންވާ އޮކްސިޖަން ކޮންސެންޓްރޭޓަރ ފޯރުކޮށްދީފައިވާ ކަމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ. އެ ހޮސްޕިޓަލުން ބުނީ ރ. އަތޮޅުގެ ހުރިހާ ހެލްތް ސެންޓަރ...

31 Aug 2021 | 08:44

ރ. އަތޮޅުގެ ހުރިހާ ހެލްތު ސެންޓަރުތަކަށް ބޭނުންވާ އޮކްސިޖަން ކޮންސެންޓްރޭޓަރ ފޯރުކޮށްދީފައިވާ ކަމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

އެ ހޮސްޕިޓަލުން ބުނީ ރ. އަތޮޅުގެ ހުރިހާ ހެލްތް ސެންޓަރަކަށް ޖުމްލަ 36 އޮކްސިޖަން ކޮންސެންޓްރޭޓަރ ފޯރުކޮށްދީފި ކަމަށެވެ.

މިމަސައްކަތުގެ ތެރެއިން ބޮޑެތި އާބާދީތަކަށް ހިދުމަތްދޭ ހެލްތު ސެންޓަރުތަކަށް ކޮންމެ ސެންޓަރަކަށް 3 އޮކްސިޖަން ކޮންސެންޓްރޭޓާ ފޯރުކޮށްދީފައި ވެ އެވެ.

ކުދި އާބާދީ ތަކުގެ ހެލްތު ސެންޓަރު ތަކަށް ދީފައިވަނީ 2 އޮކްސިޖަން ކޮންސެންޓްރޭޓާ އެވެ.

އެއީ ޖުމްލަ 14 ހެލްތް ސެންޓަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް