މޯލްޑިވްސް އިސްލާމިކް ބޭންކުން އެމްއައިބީ ގްލޯބަލް ޕޭ ލޯންޗުކޮށްފި އެވެ.
އެމްއައިބީ ގްލޯބަލް ޕޭގައި ބޭނުންކުރަނީ އީ- ކޮމަރސްގެ ދާއިރާގައި ފުންނާބުއުސް ކުންފުންޏެއް ކަމަށްވާ މާސްޓަރކާޑް ޕޭމަންޓް ގޭޓްވޭ ސަރވިސް އެވެ.
އިސްލާމިކް ބޭންކުން ބުނީ މި ގޭޓްވޭގައި ސެކިއުރިޓީގެ ގޮތުން ވަރުގަދަ ފީޗަރތަކެއް ހިމެނޭ ކަމަށެވެ. އަދި ބޭންކުގެ އިންޓަރނެޓް ޕޭމަންޓް ގޭޓްވޭ އިން ފައިސާގެ މުއާމަލާތްތައް ކުރުމަށް ބައިނަލްއަޤްވާމީ ކާޑުތައް ބޭނުންކުރެވޭނެ ކަމަށް ވެސް ބުނެއެވެ.
އެ ބޭންކުން ބުނީ މި ގޭޓްވޭ މެދުވެރިކޮށް، ކޮންމެ މަހަކު މެނުއަލީ ފައިސާ ދައްކަން ޖެހުމުގެ ބަދަލުގައި އޮޓަމެޓިކުން ކޮންމެ މަހެއްގެ ފީވެސް ކަސްޓަމަރުގެ އެކައުންޓުން ކެނޑޭގޮތް ހެދޭނެ ކަމަށެވެ. އަދި މޯބައިލް އެޕްލިކޭޝަނާއި ވެބްސައިޓުތަކުން 'އެމްއައިބީ ގްލޯބަލް ޕޭ' މެދުވެރިކޮށް ފައިސާ ދެއްކޭނެކަމަށް ވެސް ބުނެ އެވެ.
"މި ޕޭމަންޓް ގޭޓްވޭގެ އެންމެ ފާހަގަކޮށްލެވޭ އެއް ފީޗަރއަކީ ރިކަރަންޓް ޕޭމަންޓް ފީޗަރ، މި ފީޗަރ ބޭނުންކޮށްގެން މަހު ފީ ދައްކާ ފަރާތްތަކަށް ކުންފުންތަކުން، ކަސްޓަމަރ ކޮންމެ މަހަކު މެނުއަލީ ޕޭ ނުކުުރިއަސް އޮޓޯއިން އެ ޕޭމަންޓް ކެނޑޭގޮތަށް މި ފީޗަރ އެނޭބަލް ކުރެވިދާނެ،" އެމްއައިބީ އިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް