އައްޑޫ ސިޓީގައި ދުވަސްވީ މީހަކު ބަލައިދޭނެ ބަޔަކު ހޯދަނީ

ދިވެހިރާއްޖޭގައި ދެ ވަނައަށް އެންމެ އާބާދީ ބޮޑު އައްޑޫ ސިޓީގެ ހިތަދޫގައި އުޅެމުންދާ 65 އަހަރުން މަތީގެ ފިރިހެނަކު ދިރިއުޅޭނެ ތަނަކާއި އެމީހާ ބަލައިދޭނެ ދެ ފަރާތެއް ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން އި...

31 Aug 2021 | 06:03

ދިވެހިރާއްޖޭގައި ދެ ވަނައަށް އެންމެ އާބާދީ ބޮޑު އައްޑޫ ސިޓީގެ ހިތަދޫގައި އުޅެމުންދާ 65 އަހަރުން މަތީގެ ފިރިހެނަކު ދިރިއުޅޭނެ ތަނަކާއި އެމީހާ ބަލައިދޭނެ ދެ ފަރާތެއް ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ހިތަދޫ އަވަށުގައި ދިރިއުޅޭ އުމުރުން ދުވަސްވެފައިވާ ބަލިމީހަކު ދިރިއުޅޭނެ ތަނަކާއި، ބަލައިދޭނެ ދެ ފަރާތެއް ބޭނުންވާ ކަމަށެވެ.

އިޢުލާންގައި ބުނީ، މި މީހާ ބަލައި ދިނުމަށް އެދޭ ފަރާތްތަކުން އަންނަ މަހުގެ 5 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން 6885753 އަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރުމަށް އެދޭ ކަމަށެވެ. އަދި އަންނަ މަހުގެ 7 ވަނަ ދުވަހުގެ 12:00 ގެ ކުރިން ތަފްޞީލް ހުށަހެޅުމަށް ކައުންސިލުން ވަނީ އެދިފައެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލެއް ކައުންސިލުން ހާމަކޮށްފައިނުވާއިރު، މީގެކުރިން ވެސް ކައުންސިލުން ވަނީ އުމުރުން ދުވަސްވީ މީހަކު ބަލައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް