ކޯވިޑް-19 ކޮންޓްރޯލްވެފައި ވާތީ ޔާމިން ޖަލަށް ގެންދިއުމަށް ނިހާދު ގޮވާލައިފި

ކޯވިޑް-19 ފެތުރޭ މިންވަރު ކޮންޓްރޯލް ކުރެވިފައިވާތީ މިވަގުތު ގޭ ބަންދުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަލުން އަނބުރާ ޖަލަށް ގެންދަން ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ގޮވާލައިފިއެވެ....

31 Aug 2021 | 06:01

ކޯވިޑް-19 ފެތުރޭ މިންވަރު ކޮންޓްރޯލް ކުރެވިފައިވާތީ މިވަގުތު ގޭ ބަންދުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަލުން އަނބުރާ ޖަލަށް ގެންދަން ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ގޮވާލައިފިއެވެ.

ނިހާދު މިކަމަށް ގޮވާލީ ޔާމީން ވަގުތުން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނުގެ ޖޮއިންޓު ކައުންސިލުން ގަރާރެއް ފާސްކުރި ދަނޑިވަޅެއްގައެވެ.

މެމްބަރު ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރެވި، އެންމެންނަށް ހެން ވެކްސިން ޖެހިފައިވާތީ ޔާމީން ވީ އެންމެ އަވަހަކަށް ޖަލަށް ގެންދިޔުމަކީ މަސްލަހަތު އެންމެ ރަނގަޅު ގޮތް ކަމަށާއި މިއީ އަވަސްކުރަންޖެހޭ ކަމެއް ކަމަށެވެ.

https://twitter.com/nihad_m/status/1432358960615415808

ނިހާދު މިހެން ވިދާޅުވި އިރު، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ފާސްކުރި ގަރާރުގައި ބުނެފައިވަނީ ދާދިފަހުން ލީކުވެފައިވާ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ތަކުން ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމަކީ ހަގީގަތުގައި ވެސް ނުހައްގު ހުކުމެއް ކަމަށް އެ ފަނޑިޔާރުން ވެސް ގަބޫލުކުރާކަން ރައްޔިތުންނަށް ހާމަވެ ސަރުކާރު ފަޟީހަތް ވެފައިވާ ކަމަށެވެ. އަދި އެ ހުކުމަކީ ޣައިރު ގާނޫނީ ހުކުމެއް ކަމަށް ފަނޑިޔާރުންގެ ބެންޗުގެ އަޣުލަބިއްޔަތުން ބުނަމުންދާތީ އެ ހުކުމަކީ ބާތިލު ހުކުމެއް ކަމަށް ކަނޑައެޅުމާއެކު މިހާރުން މިހާރަށް ޔާމީން އެއްވެސް ޝަރުތަކާ ނުލާ މިނިވަންކުރުމަށް ގޮވާލާ ކަމަށެވެ.

މިފަދަ ގަރާރެއް އިދިކޮޅު ކޯލިޝަނުން ފާސްކޮށްފައިވާއިރު މިހާރު އާންމުވެފައިވާ އޯޑިއޯތަކުގައި ވާހަކަދައްކާ ފަނޑިޔާރުން ވަނީ އެއީ ސައްހަ އޯޑިއޯއެއް ނޫން ކަމަށް ވިދާޅުވެފައެވެ. އެގޮތުން މި އޯޑިއޯތަކުގެ އެނަލިސިސް ހެދުމަށް ފުލުހުންގެ އިދާރާގައި ޖޭއެސްސީން މިހާރު ވަނީ އެދިފައެވެ.

އެނަލިސިސް ހެދުމަށް އޯޑިއޯ ސާމްޕަލް ދިނުމަށް އޯޑިއޯތަކުގައި އެފަނޑިޔާރުންކަމަށް ބުނާ ފަނޑިޔާރުން ރުހުން ދެއްވާފައިވާ ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް