އެމްޑީޕީގެ އިސްތިއުނާފު މަޖިލީހަށް ހޮވުނީ ރައީސް ސޯލިހު ތާއީދު ކުރެއްވި ބޭފުޅުން

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އިސްތިއުނާފު ކޮމިޓީއަށް މެމްބަރުން އިންތިހާބު ކޮށްފި އެވެ. ރޭ ތާޖުއްދީން ސްކޫލްގައި ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި އެ އިންތިހާބުގެ ވޯޓުލުން ކުރިޔަށް ގެންގޮސްފައ...

31 Aug 2021 | 04:06

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އިސްތިއުނާފު ކޮމިޓީއަށް މެމްބަރުން އިންތިހާބު ކޮށްފި އެވެ.

ރޭ ތާޖުއްދީން ސްކޫލްގައި ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި އެ އިންތިހާބުގެ ވޯޓުލުން ކުރިޔަށް ގެންގޮސްފައިވަނީ ސިއްރު ވޯޓެއްގެ ގޮތުގައި އެވެ. އެ ކޮމިޓީއަށް ނުވަ މެމްބަރުން ހޮވަން ޖެހޭއިރު18 ބޭފުޅަކު ވާދަ ކުރެއްވި އެވެ.

އިސްތިއުނާފު ކޮމިޓީއަށް ވާދަ ކުރެއްވި ބޭފުޅުންގެ ތެރެއިން ނުވަ ބޭފުޅުންނަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދާއި ކުރިމަތިލެއްވި ބޭފުޅުންނެވެ. އަނެއް ނުވަ ބޭފުޅުންނަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދާއި އެކު ކުރިމަތިލެއްވި ބޭފުޅުންނެވެ.

އިންތިހާބު ކާމިޔާބުކޮށް ކޮމިޓީއަށް އިންތިހާބު ވެފައިވަނީ ރައީސް ސޯލިހު ތާއީދު ކުރެއްވި ނުވަ މެމްބަރުންނެވެ. އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވީ އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރަށެވެ.

އިސްތިއުނާފު މަޖިލީހަށް ހޮވުނު ކެންޑިޑޭޓުން

1. އަނަސް އަބްދުއްސައްތާރު، މއ. ބަޑިކުޅިމާލެ، މާލެ (76 ވޯޓު)

2. އަހުމަދު ރިޝްވާން، އާލަމް، ހއ. ދިއްދޫ (71 ވޯޓު)

3. އިބްރާހިމް މުހައްމަދު ދީދީ، ލެގޫން ވިއު، ސ. ހިތަދޫ (67 ވޯޓު)

4. އަހުމަދު މައުރޫފު، ނިއު ލައިޓް، ލ. ކަލައިދޫ (67 ވޯޓު)

5. ފާތިމަތު އިނާޝާ، ހ. ގްރީން ފެހި، މާލެ (66 ވޯޓު)

6. ހުސައިން ރަޝީދު، ތިބުރޯޒުގެ، ތ. އޮމަދޫ (66 ވޯޓު)

7. އާދަމް މާހިރު، މެޑޯޒް، ރ. އަލިފުށި (65 ވޯޓު)

8. އަހުމަދު ނިޝާދު، ނޫރު، މ. ދިއްގަރު (64 ވޯޓު)

9. ނައުޝާދު އަބްދުލް އަޒީޒު، ސުވޭދާ މަންޒިލު، އއ. ރަސްދޫ (63 ވޯޓު)

މި އިންތިހާބުގައި ރޭގައި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި120 މެމްބަރަކު ވޯޓު ދެއްވާފަވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް