އައްޑޫ ހިތަދޫ ކުރީ ބަނދަރުގެ އެއްގަމު ތޮށިލުމަށް ބޮޑު ހިލައިގެ ދެވަނަ ޝިޕްމެންޓު ގެންގޮސްފި

އައްޑޫ ސިޓީ ހިތަދޫ ކުރީ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިޔަށް ދާ ކަމަށް މި މަޝްރޫއު ކުރިޔަސް ގެންދާ އެމްޓީސީސީން ބުނެފި އެވެ. އެމްޓީސީސީން ބުނީ މިހާރު ކުރިޔަށް ދަނީ އެއް ގަމު ތ...

31 Aug 2021 | 03:41

އައްޑޫ ސިޓީ ހިތަދޫ ކުރީ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިޔަށް ދާ ކަމަށް މި މަޝްރޫއު ކުރިޔަސް ގެންދާ އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން ބުނީ މިހާރު ކުރިޔަށް ދަނީ އެއް ގަމު ތޮށިލުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން އެއްގަމު ތޮށި ލުމަށް ބޭނުންވާ ބޮޑު ހިލައިގެ ދެ ވަނަ ޝިޕްމެންޓު މި މަހުގެ29 ވަނަ ދުވަހު ޕްރޮޖެކްޓު ސައިޓަށް ގެންގޮސްފައިވާ ކަމަށް މައުލޫމާތުދެ އެވެ.

މި މަޝްރޫޢުގެ ދަށުން ހިތަދޫ ކުރީ ބަނދަރުގެ 234,297 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފުންކުރާނެ އެވެ. އަދި 800 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމަށް ހަމަޖެހިފައިވެ އެވެ.

މީގެ އިތުރުން 284 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް ހިމެނެ އެވެ. އެމްޓީސީސީން ބުނީ މަޝްރޫއު އެއްކޮށް ނިމޭއިރު 1420 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތި އާއި ނެރުބައްތި ހަރުކުރާނެ ކަމަށެވެ.

މި މަޝްރޫއު އެ ކުންފުންޏާއި ހަވާލު ކޮށްފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިންނެވެ.

މިއީ 52.4 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް