ޗައިނާގައި ބަންދު ދުވަސްތަކުގައި ކުޑަކުދިންނަށް އޮންލައިން ގޭމް ކުޅެވޭ ވަގުތު އެއް ގަޑިއިރަށް ހަދައިފި

ޗައިނާގައި ކުޑަކުދިން ސްކީރާއި ދުރުކުރުވުމަށް ބަންދު ދުވަސްތަކުގައި އޮންލައިން ގޭމް ކުޅެވޭ ވަގުތު އަނެއްކާވެސް މަދުކޮށްފި އެވެ. އެ ގައުމުގެ ނެޝަނަލް ޕްރެސް އެންޑް ޕަބްލިކޭޝަން އެޑްމިނިސްޓްރޭޝަނުން ބުނ...

30 Aug 2021 | 21:35

ޗައިނާގައި ކުޑަކުދިން ސްކީރާއި ދުރުކުރުވުމަށް ބަންދު ދުވަސްތަކުގައި އޮންލައިން ގޭމް ކުޅެވޭ ވަގުތު އަނެއްކާވެސް މަދުކޮށްފި އެވެ.

އެ ގައުމުގެ ނެޝަނަލް ޕްރެސް އެންޑް ޕަބްލިކޭޝަން އެޑްމިނިސްޓްރޭޝަނުން ބުނީ ކުޑަކުދިންނަށް އޮންލައިން ގޭމް ކުޅެވޭ ވަގުތު މަދު ކޮށްފައިވަނީ ހުކުރު، ހޮނިހިރު، އާދިއްތަ އަދި ޗައިނާގައި އެކި ކަންކަމާއި ގުޅިގެން އަންނަ ބަންދު ދުވަސްތަކުގައި އެވެ. އެ ދުވަސްތަކުގައި ކުޑަކުދިންނަށް އޮންލައިން ގޭމް ކުޅެވޭނީ ރޭގަނޑު 8:00 ން 9:00 އަށެވެ.

ޕަބްލިކް އެޑްމިނިސްޓްރޭޝަނުން ވަނީ 18 އަހަރުން ދަށުގެ ކުދިން ގޭމް ކުޅެނީ ހަމައެކަނި އެވަގުތު ތަކުގައިކަން ކަށަވަރު ކުރުމަށް އަންގާފަ އެވެ. އަދި ގޭމް އުފައްދާ ކުންފުނިތަކުން ގަވައިދަށް އަމަކު ކުރޭތޯ ބަލަން މިހާރަށްވުރެ ބޮޑަށް އިންސްޕެކްޝަން ހިންގާނެ ކަމަށެވެ

މި ގަވައިދުގެ ދަށުން ކުރިން ޗައިނާގައި ކުޑަކުދިންނަށް ބަންދު ދުވަސްތަކުގައި ގޭމް ކުޅެވެނީ ތިން ގަޑިއިރު އެވެ. އެ ނޫން ދުވަސްތަކުގައި ކޮންމެ ދުވަހަކު ގޭމް ކުޅެވެނީ 90 މިނެޓަށެވެ.

މި ފިޔަވަޅު އަޅަން ފެށީ ކުޑަކުދިން އޮންލައިން ގޭން ކުޅުމަށް ދެވިހިފާފައިވާ މައްސަލައިގަ ބެލެނިވެރިންގެ ކަންބޮޑުވުންތަކާއި ގުޅިގެންނެވެ. އަދި ވަގުތު އިތުރަށް މަދު ކުރަން ނިންމީ ކުރި ދިރާސާތަކަަކަށް ފަހު އެވެ.

ޗައިނާގެ ކަމާ ބެހޭ އިދާރާތަކުން ކުޑަކުދިން އޮންލައިން ގޭމާއި ދުރު ކުރުވަން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ބައެއް ގޭމް އުފައްދާ ކުންފުނިތަކުން ދަނީ އުމުރު އޮޅުވާލައިގެން ގޭމް ކުޅުން ހުއްޓުވޭނެ އިންތިޒާމްތައް ހަމަޖައްސަމުންނެވެ. އެގޮތުން ލޮގިން ވާއިރު މޫނު ދެނެގަނެވޭނެ ގޮތް ދަނީ ހަދަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް