އިރާނުގައި އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކާއި 10 އަހަރުގެ އަންހެންކުއްޖަކު ކައިވެނިކޮށްފި އެވެ.
އެ ދެކުދިންގެ ކައިވެނީގެ ފޮޓޯތައް ސޯޝަލްމީޑިއާގައި ގޭސްގަނޑެއްހެން އަނބުރާފައިވާއިރު އީރާނުގެ ބައެއް މީޑީއާ ރިޕޯޓްތައް ބުނާގޮތުން އެ ދެކުދިން ކައިވެނިކޮށްފައިވަނީ އެކަމަށް ނަގަންޖެހޭ ހުއްދަ، އެގައުމުގެ ކަމާބެހޭ އިދާރާތަކުން ނަގައިގެންނެވެ.
އިރާނުގެ ގާނޫނު ބުނާގޮތުން އަންހެންކުއްޖާގެ ބައްޕަ ރުހޭނަމަ އުމުރުން 13 އަހަރުގައި އަންހެން ކުދިންނަށް ކައިވެނި ކުރެވެ އެވެ. އަދި އުމުރުން 15 އަހަރުގައި ފިރިހެން ކުދިންނަށް ކައިވެނި ކުރެވެ އެވެ.
މީޑިއާ ރިޕޯޓްތަކުގައި ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު އިރާނުގައި 2010 ވަނަ އަހަރު 10 އަހަރާއި 14 އަހަރާއި ދެމެދުގެ 42 ހާހަށްވުރެ ގިނަ ކުދިން ކައިވެނިކޮށްފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް