ކަޓުއޮފެއް ވަގަށްނެގިތާ 30 މިނެޓު ތެރޭ ވަގުން އަތުލައިގަނެ ކަޓުއޮފް ހޯދައިފި

އައްޑޫ ސިޓީ ހިތަދޫ ގެއަކުން ކަޓް އޮފް މެޝިނެއް ވަގަށް ނެގިތާ 30 މިނެޓުތެރޭގައި އެމެޝިން ހޯދައި އެ މައްސަލައިގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ މިމައްސަލާގައި ފުލުހުންގެ ބެލުމު...

31 Aug 2015 | 03:45

އައްޑޫ ސިޓީ ހިތަދޫ ގެއަކުން ކަޓް އޮފް މެޝިނެއް ވަގަށް ނެގިތާ 30 މިނެޓުތެރޭގައި އެމެޝިން ހޯދައި އެ މައްސަލައިގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 29 އަހަރު އަދި 34 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށެވެ.

މިދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 2015 އޯގަސްޓު 29 ވަނަ ދުވަހުގެ ރޭ ކަމަށާއި މި ދެމީހުން ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ ކަޓްއޮފް މެޝިން ފެނިފައި ވަނީ ގެއެއްގެ ގޯތި ތެރެއިން ކަމަށްވެސް ފުލުހުން ބުނެ އެވެ.

މިމައްސަލަ ފުލުހުން އަންނަނީ ތަހުޤީޤު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް