ވަރުގަދަ ގޭސް ވަޅެއް މިސްރުން ހޯދައިފި

މިސްރުގެ ކަނޑުގެ ސަރަހައްދުން ވަރުގަދަ ގޭސްވަޅެއް ފެނިފައިވާކަމަށް އިޓަލީގެ އެނާޖީ ކުންފުންޏެއް ކަމަށްވާ އީއެންއައި އެސްޕީއޭ އިން ބުނެފި އެވެ. އީއެންއައި މިހެން ބުނެފައި މިވަނީ މިސްރުގެ ގާހިރާގައި އެގ...

31 Aug 2015 | 03:22

މިސްރުގެ ކަނޑުގެ ސަރަހައްދުން ވަރުގަދަ ގޭސްވަޅެއް ފެނިފައިވާކަމަށް އިޓަލީގެ އެނާޖީ ކުންފުންޏެއް ކަމަށްވާ އީއެންއައި އެސްޕީއޭ އިން ބުނެފި އެވެ.

އީއެންއައި މިހެން ބުނެފައި މިވަނީ މިސްރުގެ ގާހިރާގައި އެގައުމުގެ ރައީސް އަބްދުލް ފައްތާލް އަލްސީސީ އާއެކު އެސްޕީއޭގެ ސީއީއޯ ކްލައުޑިއޯ ޑެސްކާލްޒީ ބައްދަލު ކުރެއްވުމަށް ފަހުގަ އެވެ.

އީއެންއައި އިން ބުނެފައިވަނީ ފެނުނު ގޭސްވަޅުގައި 30 ޓްރިލިއަން ކިއުބިކް ފީޓްގެ ތެޔޮ 100 ސްކޮޔާ މީޓަރު ސަރަހައްދެއްގައި ހުންނާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި މި ގޭސް ވަޅަކީ ދުނިޔެއިން މިހާތަނަށް ފެނުނު އެންމެ ބޮޑު ތެޔޮވަޅަށް ވުން އެކަށީގެން ވާކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.

އީއެންއައި ކުންފުންޏަކީ 1954 އިން ފެށިގެން މިސްރު ސަރަހައްދުގައި ތެލުގެ ވިޔަފާރި ކުރަމުން އަންނަ ކުންފުންޏެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް