ސައުދީ އަރަބިއްޔާގެ ކޯބާރު ސިޓީގައި ހުރި އިމާރާތެއްގައި އިއްޔެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 11 މީހަކު މަރުވެ 200 އަށްވުރެ ގިނަ މީހުން ޒަހަމްވެއްޖެ އެވެ.
އެ އިމާރާތަކީ ސައުދީ ތެޔޮ ކުންފުންޏެއް ކަމަށްވާ ސައުދީ އަރަމްކޯ އޮތޯރިޓީގެ މުވައްޒަފުން ތިބޭ އިމާރާތެއްގަ އެވެ.
މި ހާދިސާއާއި ބެހޭގޮތުން އަރަމްކޯ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އަލިފާނުގެ ހާދިސާ ހިނގީ އެ ކުންފުނީގެ މުވައްޒަފުންނަށް ދޫކޮށްފައިވާ "ރޭޑިއަމް ރެސިޑެންޝަލް ކޮމްޕައުންޑް"ގައި ކަމަށާއި ސައުދީގެ ކަމާބެހޭ ފަރާތްތަކާއި ގުޅިގެން އެ އިމާރާތް ހުސްކުރުމާއި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ސައުދީ އިރުމަތީ ޕްރޮވިންސްގެ ޑިފެންސް ތަރުޖަމާނު ކާނަލް އަލީ އަލް ގައްތާނީ ބުނެފައިވަނީ އެ އިމާރާތްތައް ހުސްކުރުމުގެ މަސައްކަތް ކޮށްފައި ވާކަމަށާއި މީހުން ސަލާމަތް ކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށާފައި ވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް