ފުލުހުންގެ ހިދުމަތް ރާއްޖޭގައި ބައްޓަން ކުރެވިފައިވަނީ ދުނިޔޭގެ އެހެން ގައުމުތަކާ ތަފާތުކޮށް، ހާއްސަ ޔުނީކް މޮޑެލް އަކަށް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދު ވިދާޅުވެއްޖެ އެވެ.
ސީޕީ މިހެން ވިދާޅުވީ ގެމަނަފުށި ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޖަމީލް އުސްމާނާއި ގެމަނަފުށި ކައުންސިލްގެ ބައެއް މެމްބަރުންނާއެކު ފުލުހުންގެ މައި އިދާރާ ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސީޕީ ވިދާޅުވީ މި މޮޑެލްއަށް ބިނާކޮށް ރައްޔިތުންނާ ގުޅިގެން ކުރަމުންގެންދާ ގިނަ މަސައްކަތްތަކުގެ ސަބަބުން ތަފާތު ރަނގަޅު ނަތީޖާ ތަކެއް ފެންނަމުންދާކަމަށާއި މި މޮޑެލްގެ ދަށުން ފުލުހުން ހިންގަމުންދާ ކޭމްޕްތަކަކީ މީގެ ކުރިން އެއްގޮތަކަށްވެސް ކޮށްފައިވާ ކަންތައްތައް ނޫންކަމަށެވެ. އަދި، ފުލުހުންނާއި ރައްޔިތުންނާ އޮންނަ ގުޅުން މިފަދަ ކަންކަމުގެ ސަބަބުން ބަދަހިވެ ފުލުހުންގެ ހުރިހާ ދާއިރާތަކަށްވެސް މި މޮޑެލްގެ ފަސޭހަތައް ފޯރަމުންދާކަންވެސް ކޮމިޝަނަރ އޮފް ޕޮލިސް ފާހަގަކުރެއްވިއެވެ.
އޭގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، ތަފާތު ވިސްނުމުގެ ބޭފުޅުންވެސް ފުލުހުންގެ ޚިދުމަތް ބަލައިގަންނަ ގޮތް މި މޮޑެލްގެ ސަބަބުން ބަދަލުވެފައިވާކަން އެ ފަރާތްތަކާއެކު ބޭއްވޭ ބައްދަލުވުންތަކުން ފާހަގަކުރެވިފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް