ދޮގު ޚަބަރު ފަތުރާ ނޫސްތަކަށް ފިޔަވަޅު އަޅައިގެން ނޫނީ މުޖުތަމައުގެ ހަމަޖެހުމެއް ނޯންނާނެ: ޝިއުނާ

ދޮގު ޚަބަރު ފަތުރާ ނޫސްތަކަށް ފިޔަވަޅު އަޅައިގެން ނޫނީ މުޖުތަމައުގެ ހަމަޖެހުމެއް ނޯންނާނެ ކަމަށް ޑެޕިއުޓީ މިނިސްޓަރ މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ. ޝިއުނާ މިހެން ވިދާޅުވެފައިވަނީ އަދަދު ނޫހުން، ބަރަ...

31 Jul 2024 | 11:08

ދޮގު ޚަބަރު ފަތުރާ ނޫސްތަކަށް ފިޔަވަޅު އަޅައިގެން ނޫނީ މުޖުތަމައުގެ ހަމަޖެހުމެއް ނޯންނާނެ ކަމަށް ޑެޕިއުޓީ މިނިސްޓަރ މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.

ޝިއުނާ މިހެން ވިދާޅުވެފައިވަނީ އަދަދު ނޫހުން، ބަރަހަނާކޮށް އަންހެނަކު ފެންވަރަން ހުރި ކޮޓަރިއެއްގެ ދޮރު ވައްޓާލައިފި ކަމަށް ރިޕޯޓު ކުރި ޚަބަރަކާއިި ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން އެކަން ދޮގުކޮށް ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ.

(2) Mariyam Shiuna on X: "Dhogu habaru fathuraa noos thakah fiyavalhu alhaigen menuvee mujthamau ge hamajehumeh naanaane! Bin fasaadha kurun huttuvan eba jehey?? @PoliceMv @mvpeoplesmajlis" / X

އަދަދު ނޫހުން ޝައިއުކޮށްފައިވާ ޚަބަރަށް ރައްދު ދެއްވަމުން ޝިފާން ވިދާޅުވީ، ފުލުހުން އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނުގައި އެ އާޓިކަލްގައި ވާ ފަދަ ކަމެއް ދިމާވެފައި ނުވާ ކަމަށެވެ. އަދި އެ ފަދަ މަންޒަރެެއް ފުލުހުން ރިކޯޑު ކޮށްފައިނުވާނެ ކަމަށް ވެސް ޝިފާން ވަނީ ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން ފުލުހުން އަމަލުކުރިގޮތް ބެލުމަށް ރިވިއުއެއް ހަމަޖެހިފައިވާ އުސޫލުގެތެރެއިން ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް