ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި މިސްކިތްތަކުގެ ހާލަތު ރަނގަޅުކޮށް މަރާމާތުކުރުމުގެ ބޭނުމުގައި އިސްލާމީކަންތައްތަކާ އައުގާފާ ބެހޭ މިނިސްޓްރީއާއި އުރީދޫ މޯލްޑިވްސް ގުޅިގެން "އުރީދޫ މަސްޖިދުނާ"ގެ ނަމުގައި އިނީޝިއޭޓިވެއް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
މި އިނީޝިއޭޓިވް ތައާރަފުކޮށްފައިވަނީ ދެ ފަރާތް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އުރީދޫ މޯލްޑިވްސްގެ ސީއެސްއާރުގެ ދަށުން ހިންގާ މި ޕްރޮގްރާމުގައި އަމާޒުކޮށްފައިވަނީ ކޮންމެ އަހަރަކު ވެސް ރާއްޖޭގެ ތަފާތު ސަރަހައްދުތަކުން ފަސް މިސްކިތެއް ހޮވައިގެން އެ ތަންތަން މަރާމާތުކުރުމަށެވެ. މި މަސައްކަތްތައް ކޮންމެ އަހަރެއްގެ ވެސް ރޯދަ މަސް ފެށުމުގެ ކުރިން ނިންމުމަށް ވަނީ ރާވައިފައެވެ.
ދީނީ އިމާރާތްތަކާއި ވަސީލަތްތައް ހަރުދަނާކުރުމަކީ މި އިނީޝިއޭޓިވްގެ މައިގަނޑު އެއް ލަނޑުދަނޑިއެވެ. ރާއްޖޭގެ އާބާދީތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، އިސްލާމީ އުމްރާނީ ތަރައްގީ ކުރިއެރުވުމުގައި ސަރުކާރާއި އަމިއްލަ ކުންފުނިތައް ގުޅިގެން ކުރާ މަސައްކަތް އިތުރަށް ވަރުގަދަކުރުމަކީ މިނިސްޓްރީން ކުރަމުންދާ ދެމެހެއްޓެނިވި މަސައްކަތެއް ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މި ގުޅުމުގެ ތެރެއިން މިނިސްޓްރީއާއި އުރީދޫ މޯލްޑިވްސް އިން މައިގަނޑު ގޮތެއްގައި އަމާޒު ހިފާފައިވަނީ މިސްކިތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް އެހީތެރިވެދިނުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް