ހުޅުމާލެ ފްލެޓް ސަރަހައްދުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި ކަމަށް ފުލުހުން ބުނެފިއެވެ.
އެ ހާދިސާގައި ސައިކަލު ދުއްވި ފިރެހެން މީހާއަށް އަނިޔާވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މިއަދު މެންދުރު ހިނގި އެ ހާދިސާގައި އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.
ފުލުހުން ބުނެފައިވަނީ މި އެކްސިޑެންޓެ ހިނގާފައިވަނީ ބާރު ސްޕީޑްގައި ދުއްވާފައި އައި ކާރެއް ކޮންޓްރޯލް ނުވެގޮސް މަގުގެ އެއް ފަރާތުގައި މީހަކު މަޑުކޮށްގެން އިން ސައިކަލެއްގައި ޖެހިގެންކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާކަމަށެވެ.
އެކްސިޑެންޓްގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު ކާރުން ޖެހި ސައިކަލުގައި އިން މީހާ ވަރަށް ދުރަށް ބުރައިގެން ދިޔަ މަންޒަރު ފެނިގެންދެއެވެ.
މި އެކްސިޑެންޓާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް