ޓީވީއަކާއި ސައިކަލެއް ވަގަށް ނެގި ބަޔަކު ހައްޔަރުކޮށްފި، ބަންދަށް 15 ދުވަސް

ހެންވޭރު ގެއަކުން ޓީވީއަކާއި ސައިކަލެއް ވަގަށް ނެގި ބަޔަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، މި މަހު28 ވަނަ ދުވަހު ހެންވޭރުގެ ގެއަކުން ޓީވީއެއް ވަގަށް ނެގި މައްސަލައެއް ފުލުހަށް ވަނީ ހުށަހަޅާފައި ކަމ...

31 Jul 2024 | 09:23

ހެންވޭރު ގެއަކުން ޓީވީއަކާއި ސައިކަލެއް ވަގަށް ނެގި ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މި މަހު28 ވަނަ ދުވަހު ހެންވޭރުގެ ގެއަކުން ޓީވީއެއް ވަގަށް ނެގި މައްސަލައެއް ފުލުހަށް ވަނީ ހުށަހަޅާފައި ކަމަށެވެ. އަދި ހަމަ އެގެއިން މި މަހު30 (އިއްޔެ) ގެ ވަގުތެއްގައި ވަނީ ސައިކަލެއް ވަގަށް ނަގާފައި ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ރޭގެ ވަގުތެއްގައި ވަނީ31 އަހަރުގެ މީހަކާއި32 އަހަރުގެ މީހަކު ހައްޔަރުކޮށްފައެވެ. މި ދެމީހުންނަކީވެސް ދިވެހި ދެ ފިރެހެނުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ ދެމީހުން ވަގަށް ނަގާފައިވާ ޓީވީއާއި ސައިކަލް ގެއެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ފުލުހުން ވަނީ ހޯދާފައި ކަމަށެވެ.

އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހަށް އެމީހުން ބަންދުކުރުމަށް އަމުރުކޮށްފައެވެ.

މި މައްސަލަ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް