ސުކޫލަކުން ވައްކަން ކުރި ބަޔަކު ހުއްޓުވުމަށް މަސައްކަތް ކުރި ފުލުހަކަށް އަނިޔާކޮށް ވަގުން ފިލައިފި

ފިންލޭޑް އިންޓަނޭޝަނަލް ސުކޫލަށް ވަދެ ވައްކަން ކުރި ބަޔަކު ހުއްޓުވުމަށް މަސައްކަތް ކުރި ފުލުހަކަށް އަނިޔާކޮށް ވަގުން ފިލައިފިއެވެ. މި މަހު28 ވަނަ ދުވަހު ހިނގި މި ހާދިސާގައި ފިންލޭންޑް އިންޓަނޭޝަނަލް ސ...

31 Jul 2024 | 09:09

ފިންލޭޑް އިންޓަނޭޝަނަލް ސުކޫލަށް ވަދެ ވައްކަން ކުރި ބަޔަކު ހުއްޓުވުމަށް މަސައްކަތް ކުރި ފުލުހަކަށް އަނިޔާކޮށް ވަގުން ފިލައިފިއެވެ.

މި މަހު28 ވަނަ ދުވަހު ހިނގި މި ހާދިސާގައި ފިންލޭންޑް އިންޓަނޭޝަނަލް ސުކޫލުގައި އެ ވަގުތު އެތާގައި ޑިއުޓީގައި ހުރި ފުލުސް މީހާ އެމީހުން ހުއްޓުވަން މަސައްކަތް ކުރުމުން އެ ފުލުސް މީހާއަށް އަނިޔާކޮށް ވަގުން ވަނީ ފިލާފައިި ކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ބުނެފިއެވެ.

އެމީހުން ހޯދުމަށް ފުލުހުން ކުރި މަސައްކަތުން އެތަނުން އެކަކު ކޯޓު އަމުރެއްގެ ދަށުން ޖުލައި29 ވަނަ ދުވަހު ގެ ދަންވަރުގެ ވަގުތެއްގައި ވަނީ ހައްޔަރުކޮށްފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ވަނީ ކްރިމިނަލް ކޯޓުން 15 ދުވަސް ޖެހުމަށް އަމުރުކޮށްފައެވެ.

މި މައްސަލައިގައި ހައްަޔަރުކޮށްފައިވަނީ42 އަހަރުގެ ދިވެހި ފިރެހެނެކެވެ.

ފިންލޭންޑް ސުކޫލުން އެމީހުން ވަގަށް ނަގާފައިވާ ތިން ލެޕްޓޮޕްގެ ތެރެއިން ދެ ލެޕްޓްޕެއް ހޯދާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް