ދިވެހިން ބިދޭސީންނާ ކައިވެނިކޮށްގެން ލިބޭ ދަރިން އިތުރުވުމަކީ ބޮޑު މައްސަލައެއް ކަމަށް ރައްޔިތުން މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސެއިން ޝަރީފު މިއަދުގެ މަޖިލީހުގައި ސިފަކުރައްވައިފިއެވެ.
ހުސެއިން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި ގިނަވާނީ "ހާފް މޯލްޑިވިއަން" މީހުން ކަމަށާއި އެއީ ހިތާމަ ކުރަން ޖެހޭ ކަމެއް ކަމަށެވެ. ޒަވާޖީ ހަޔާތުގެ ތެރެއިން ވެސް "ދިވެހިވަންތަކަން ގެއްލެމުންދާ" ކަމަށް ހުސެންް ވަނީ ސިފަކުރައްވާފައެވެ.
"މިއީ ހަގީގަތް، މި ހަގީގަތާ ކުރިމަތިލީމާ އަޅުގަނޑު މިއީ ބަޖާޖް ކަމުގައި ހެއްދެވި ކަމުގައި ވީ ނަމަވެސް ބަޖިޔާކަމުގައި ހެއްދެވި ކަމުގައި ވީ ނަމަވެސް ހަގީގަތަށް ވާހަކަދައްކަން ޖެހޭނީ" ހުސެއިން ވިދާޅުވިއެވެ.
ހުސެއިން އިތުރަށް ވިދާޅުވީ، މާދަމާ ދިވެހިންގެެ ގައުމުގައި ތިބޭނީ ހާފް މޯލްޑިވިއަން، ހާފް ސްރީލަންކަން، ހާފް އިންޑިއަން، ހާފް ބަގްލަދޭޝް މީހުން ކަމަށެވެ. ޒަވާޖީ ހަޔާތަށް ބަލާއިރުވެސް ދިވެހިން ގުޅިގެން މިދަނީ އަޅުގަނޑުމެންގެ ހުއްބުލް ވަތަންގެ މިއޮތް ރީތިކަން އަޅުގަނޑުމެންގެ ދިވެހިވަންތަކަން ގެއްލިގެންދާ ތަންތަނާ ކަމަށް ހުސެން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް