ހަމާސްގެ ލީޑަރު އަވަހާރަކޮށްލައިފި

ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ ވެރިޔާ (ލީޑަރު) އިސްމާއިލް އަބްދުއްސަލާމް އަހްމަދު ހަނިއްޔާ އަވަހާރަކޮށްލައިފިއެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ހަނިއްޔާ އަވަހާރަކޮށްލާފައިވަނީ އީރާނުގެ އާ ރައީސްގެ ...

31 Jul 2024 | 06:50

ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ ވެރިޔާ (ލީޑަރު) އިސްމާއިލް އަބްދުއްސަލާމް އަހްމަދު ހަނިއްޔާ އަވަހާރަކޮށްލައިފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ހަނިއްޔާ އަވަހާރަކޮށްލާފައިވަނީ އީރާނުގެ އާ ރައީސްގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން އީރާނުގައި ހުންނަވަނިކޮށެވެ.

މި ހާދިސާ ތަހުގީގުކުރާނެކަމަށް އީރާނުން ބުނެފައިވާއިރު ހަނިއްޔާއަށް ހަމަލާ އަމާޒުވީ އީރާނުގައި ހުންނަ އީރާނުގެ އަސްކަރީ ވެޓެރަން މަރުކަޒެއްގެ ތެރޭގައި ހުންނަވަނިކޮށް، ރާއްޖޭ ގަޑިން ނަމަ ފަތިހު 03:30 ހާއިރުގައެވެ. އެ ހަމަލާގައި ހަށިފާރަވެރިއަކުވެސް މަރުވިކަމަށް އީރާނުން ބުނެފައިވެއެވެ.

އެ ހަމަލާގެ ފަހަތުގައިވަނީ އިސްރާއީލުކަމަށް ހަމާސް އިން ތުހުމަތު ކުރިނަމަވެސް އިސްރާއީލުން މިކަމާއި ގުޅޭގޮތުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ހުއްޓުމެއްނެތި ހަމަލާތައް ދެމުން އަންނައިރު އަވަހާރަކޮށްލަން ދިން ހަމަލާގެ ބަދަލު ހިފާނެކަމަށް ހަމާސް އިން މިއަދު ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް