ހަރަދު ކުޑަކުރަން ސަރުކާރުން ފިޔަވަޅު އެޅިޔަސް ރައްޔިތުން ދިރިއުޅުމުގެ ފެންވަރަށް އުނި ކަމެއް ނާންނާނެ: ނާޒިމް

ރާއްޖެއަށް ދިމާވެފައިވާ އިގްތިސާދީ ދަތިތަކާއި ގުޅިގެން ހަރަދު ކުޑަ ކުރުމަށް ސަރުކާރުން އަޅާ ފިޔަވަޅެއްގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށްް ދިއްގަރު ދާއިރާގެ މެންބ...

30 Jul 2024 | 19:17

ރާއްޖެއަށް ދިމާވެފައިވާ އިގްތިސާދީ ދަތިތަކާއި ގުޅިގެން ހަރަދު ކުޑަ ކުރުމަށް ސަރުކާރުން އަޅާ ފިޔަވަޅެއްގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށްް ދިއްގަރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މިރޭ ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ސަރުކާރުން ޙަރަދު ކުދަކުރުމަށް ފިޔަވަޅުތައް އެޅިޔަސް ރައްޔިތުންނަށް މިހާރު ވެސް ފޯރުކޮށްދެމުންދާ ޚިދުމަތްތައް އެންމެ ފުރިހަމައަސް ފޯރުކޮށްދޭނެ ކަމަށެވެ.

އަދި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް އެއްވެސް ކަހަލަ އުނި ކަމެއް ނާންނާނެކަމުގެ ފުރިހަމަ ޔަގީން ކަން ދެއްވާ ކަމަށެވެ.

ޚަރަދު ކުދަ ކުރުމުގެ ކަންކަން ކުރަން ޖެހެނީ ކަންބޮޑުވާ މިންވަރަށް ކަންކަން ގޮސްފައިވާތީ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ. އަދި ކުރީ ސަރުކާރުން އާސަންދައިން އެކަނިވެސް އެކި ފަރާތްތަކަށް1.1 ބިލިއަން ރުފިޔާ ނުދައްކާ ހުރި ކަމަށާއި މި ސަރުކާރުން ފާއިތުވެދިޔަ އަށް މަސް ތެރޭގައި1.4 ބިލިއަން ރުފިޔާ އާސަންދަ ޚިދުމަތް ދޭ ތަންތަނަށް ދައްކާފައިވާނެ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.

ރާއްޖެގެ އިގްތިސާދު ރަގަނޅު ކުރުމަށް ބޭރުން ހޯދަން ޖެހޭ އެހީތައް ހޯދުމުގެ މަސައްކަތް ސަރުކާރުން މިހާރުވެސް ކުރަމުން ދާ ކަމަށާއި އެ ކަންކަން ތަރުތީބު ވުމުން ހާލަތު ރަގަނޅު ވާނެ ކަން ވެސް ނާޒިމް ވަނީ ފާހަގަ ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް