ދިރާގުން ބެކް ޓު ސްކޫލް ކެމްޕޭން ލޯންޗުކޮށްފި

ދިރާސީ އައު އަހަރު ފެށެން ގާތްވުމާއި ގުޅިގެން ދިރާގުން އެ ކުންފުނީގެ އައު ކެމްޕެއިން ކަމަށްވާ 'ދިރާގު ބެކް ޓު ސްކޫލް' ކެމްޕެއިން ލޯންޗުކޮށްފިއެވެ. ކޮންމެ އަހަރަކުވެސް ތަފާތު ޑިޒައިންތަކަށް ފޮތުގެ ކަވަ...

31 Jul 2023 | 16:56

ދިރާސީ އައު އަހަރު ފެށެން ގާތްވުމާއި ގުޅިގެން ދިރާގުން އެ ކުންފުނީގެ އައު ކެމްޕެއިން ކަމަށްވާ 'ދިރާގު ބެކް ޓު ސްކޫލް' ކެމްޕެއިން ލޯންޗުކޮށްފިއެވެ.

ކޮންމެ އަހަރަކުވެސް ތަފާތު ޑިޒައިންތަކަށް ފޮތުގެ ކަވަރުތަށް ހެދުމަކީ ގިނަ ބެލެނެވެރިން އައު އަހަރު ތައްޔާރުވުމުގެ ގޮތުން ކުރަމުން އަންނަކެމެކެވެ. އެގޮތުން ދިރާގުގެ މި ކެމްޕެއިންގެ ދަށުން އެކުންފުނިން ވަނީ ކޮންމެ ކުއްޖެގެވެސް އައު އަހަރުގެ ފޮތް ކަވަރު ސޯޝަލް މީޑިއާގައި ހިއްސާކޮށްލައިގެން ނަސީބުވެރި 5 ފަރާތަކަށް 1000 ރުފިޔާގެ ޚާއްސަ ސްޓޭޝަނެރީ ވައުޗަރެއް ލިބިމުގެ ފުރުޞަތު ހުޅުވާލާފައެވެ. އެ ގޮތުން ދިރާގުގެ ޚާއްސަ ސޯޝަލް މީޑިއާ ޕޯސްޓުގައި  DhiraaguBackToSchool# ހޭޝްޓެގް ޖެހުމަށްފަހު އައު ސްކޫލް އަހަރުގެ ފޮތް ކަވަރު ހިއްސާކޮށްލުމުން މި ގުރުއަތުގައި ބައިވެރިވެވޭނެއެވެ.

ދިރާގު 'ބެކް ޓު ސްކޫލް' ކެމްޕެއިންގެ ދަށުން އެކުންފުނިން ވަނީ އައު ދިރާގު ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަނަށް އެދޭ ކަސްޓަމަރުންނަށް ހިލޭ ރައުޓަރ އަދި ހިލޭ ސެޓް-އަޕް ލިބޭ ޚާއްސަ ޕްރޮމޯޝަނެއްވެސް ފަށާފައެވެ. 4 އޯގަސްޓު 2023 ގެ ނިޔަލަށް ކުރިއަށްދާ މި ޚާއްސަ އޮފަރ ދިރާގުގެ ކޮންމެ ފައިބަރ ބްރޯޑްބޭންޑް ޕެކޭޖެއް ނަގާ ފަރާތަކަށްވެސް ލިބިގެންދާނެއެވެ.

މީގެ އިތުރުން، މި ކެމްޕެއިންގެ ދަށުން 50 ޕަސެންޓް ޑިސްކައުންޓާއެކު އެންމެ 594 ރުފިޔާއަށް ދިރާގު މައިފައި ޑިވައިސްއެއް ގަތުމުގެ ފުރުޞަތުވެސް ކަސްޓަމަރުންނަށް ވަނީ ހުޅުވާލާފައެވެ. މި ލިމިޓަޑް ޓައިމް ޕްރޮމޯޝަން ކުރިއަށްދާނީ 31 އޯގަސްޓު 2023 ގެ ނިޔަލަށެވެ.

ދިރާގު 'ބެކް ޓު ސްކޫލް' ކެމްޕެއިންއާ ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް:

ދިރާގުން ހާމަކުރާގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހުރިހާ އުމުރު ފުރައަކަށް އެކަށޭނެގޮތަށް ފަރުމާކޮށް އަދި ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް