އަޅުގަނޑުމެންނާ ވާދަކޮށްލަން ކެރޭ އެއްވެސް މީހަކު ނުފެނޭ: ސިޔާމް

އެމްޑީޕީ ކޯލިޝަނާ ވާދަކޮށްލަން ކެރޭ އެއްވެސް މީހަކު ފެނިވަޑައި ނުގަންނަވާ ކަމަށް އެމްޑީޕީ ކޯލިޝަންގެ އެއް ޕާޓީ އެމްޑީއޭގެ ރައީސް އަދި ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ވިދާޅުވެއް...

31 Jul 2023 | 11:27

އެމްޑީޕީ ކޯލިޝަނާ ވާދަކޮށްލަން ކެރޭ އެއްވެސް މީހަކު ފެނިވަޑައި ނުގަންނަވާ ކަމަށް އެމްޑީޕީ ކޯލިޝަންގެ އެއް ޕާޓީ އެމްޑީއޭގެ ރައީސް އަދި ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ވިދާޅުވެއްޖެއެވެ.

ސިޔާމް މިހެން ވިދާޅުވީ، ރައީސް ސޯލިހުގެ ކެމްޕޭނަށް ށ. ފުނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ސިޔާމް ވިދާޅުވީ ރައީސް ސޯލިހު ނޫން ވާދަވެރި ލީޑަރެއް ފެނިވަޑައި ނުގަންނަވާ ކަމަށެވެ.

"އަޅުގަނޑުމެންނާ ވާދަކޮށްލަން ކެރޭ އެއްވެސް މީހަކު ނުފެނޭ. އަދި ތިބީ ފިލާ. އަދި އެމީހުން ފާޅެއް ނުވޭ" ސިޔާމް ވިދާޅުވިއެވެ.

މިދިޔަ ފަސް އަހަރުގެ ވެރިކަން ތަޖުރިބާ ކޮށްފައިވާކަން ފާހަގަ ކުރައްވައި ސިޔާމް ވިދާޅުވީ މި ސަރުކާރަށް ވެރިކަން ކުރުމަށް ހަގީގަތުގައި ފަސް އަހަރު ނުލިބޭ ކަމަށެވެ. ކޮވިޑްގައި ދެ އަހަރު ފާއިތު ވުމުން، ސަރުކާރަސް ލިބުނީ ތިން އަހަރު ކަމަށް ސިޔާމް ވިދާޅުވިއެވެ.

ނަމަވެސް މިދިޔަ50 އަހަރު ރާއްޖެ ތަރައްގީ ނުކުރާ ވަރަށް މިދިޔަ ތިން އަހަރުގެ ތެރޭގައި މި ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށަކަށް ކަންތައްތައް ކޮށްދީފައި ވާކަމަށް ސިޔާމް ވިދާޅުވިއެވެ. އަދި މީން ޒަމާނަކު އެއްވެސް ސަރުކާރަކުން ބަޖެޓްއިން ހަރަދު ނުކުރާ ވަރަށް އެތައް ގުނައެއް މި ސަރުކާރުން ރައްޔިތުންނަށް ހޭދަކޮށްފައިވާ ކަމަށް ސިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ސިޔާމް ވިދާޅުވީ މި ސަރުކާރުގެ ފަސް އަހަރު ތަޖުރިބާ ކޮށްފައި ވާއިރު ގޮތް ނޭނގޭ ބަޔަކު ތަޖުރިބާ ކުރަނީ ކީއްކުރަންތޯ ސުވާލު އުފެދޭ ކަމަށެވެ.

ރާއްޖޭގެ ކޮންމެ ފަސް އަހަރަކުން އިންތިހާބެއް ބާއްވާއިރު، ފުނަދޫއަށް ލިބެމުންދާ ތަރައްގީއާމެދު ވިސްނާލުމަށް ސިޔާމް އެދިވަޑައިގަތެވެ. އަދި އާ މީހަކު ވެރިކަމަށް އަހިސްފިނަމަ ޔަގީނުންވެސް ތަރައްގީ ހުއްޓޭނެ ކަމަށް ސިޔާމް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް