ޕީއެންސީން ވަކި ކެނޑިޑޭޓަކު ނެރެން މަޝްވަރާ ކުރަނީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އިދިކޮޅު ޕީއެންސީން ވަކި ކެނޑިޑޭޓަކު ނެރެން މަޝްވަރާ ކުރަން ފަށައިފިއެވެ. ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމ...

31 Jul 2023 | 11:01

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އިދިކޮޅު ޕީއެންސީން ވަކި ކެނޑިޑޭޓަކު ނެރެން މަޝްވަރާ ކުރަން ފަށައިފިއެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމެވެ. އަދި އެމަނިކުފާނުގެ ރަނިންމޭޓަކީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ. ނަމަވެސް ޔާމީނު މިވަގުތު ހުންނެވީ ޖަލު ހުކުމެއްގައެވެ.

އޮންލައިން ނޫސް "ދިޔަރެސް"ގައި ވާގޮތުން ޕީއެންސީއިން ވަކި ކެނޑިޑޭޓަކު ނެރެން މަޝްވަރާ ފެށީ، އެ ކޯލިޝަންގެ ލީޑަރ ރައީސް ޔާމީނުގެ އެންގެވުމާއެކުގައެވެ.

އެހެންކަމުން ޕީޕީއެމްގެ ކެނޑިޑެންސީ ފޯމާއެކު ޕީއެންސީއިން އިންތިހާބުގައި ވާދަ ކުރައްވާނެ ކެނޑިޑޭޓަކާއި ރަނިންމޭޓެއްގެ ފޯމު ހުށަހަޅަން އެ ޕާޓީން ދަނީ މަޝްވަރާ ކުރަމުންނެވެ.

އޭރުން ޔާމީނަށް ވާދަ ނުކުރެވިއްޖެނަމަވެސް ޕީއެންސީގެ ފަރާތުން އެ ކޯލިޝަނުން އިންތިހާބުގައި ވާދަ ކުރެވޭނެއެވެ.

ރިޔާސީ އިންތިހާބުގައުި ވާދަ ކުރައްވާނެ ކަން ގިނަ ޕާޓީތަކަކާއި އަމިއްލަ ފަރާތްތަކުންވެސް ދަނީ އިއުލާނު ކުރަމުންނެވެ. އަދި އެ ޕާޓީތަކުގެ ކެނޑިޑޭޓުން ދަނީ ކަނޑައަޅަމުންނެވެ. ނަމަވެސް މިހާތަނަށް ރަނިންމޭޓަކު ކަނޑައަޅާފައި ވަނީ ޕީޕީއެމްގެ ފަރާތުން އެކަންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް