ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ މަންމާފުޅުގެ ޖަނާޒާ މިރޭ ޢިޝާ ނަމާދަށް ފަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.
މި ޖަނާޒާ އޮންނާނީ ސްރީލަންކާގ ޖާވަތަ ޖުމްމަ މަސްޖިދުގައިއެވެ.
ޔާމީންގެ މަންމާފުޅު ފާތިމަތު ހަސަން އަވަހާރަވެފައިވަނީ އަވަށްޓެރި ސްރީލަންކާގައެވެ.
އުމުރުން 80 އަހަރުން މައްޗަށްގޮސްފައިވާ ފާތިމަތު ހަސަން އަވަހާރަވި އިރު ރައީސް ޔާމީންގެ އިތުރުން ފަސް ބޭފުޅަކު ދުނިޔޭގައި އެބަ ތިއްބެވިއެވެ. ފާތިމަތު ހަސަން އަކީ ކުރީގެ ރައީސް މައުމޫންގެ ދޮންމަންމާފުޅުވެސް މެއެވެ.
ރައީސް ޔާމީންގެ މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވާން އެމަނިކުފާނަށް ފުރުސަތު ނުދިނުމާއި ގުޅިގެން ޕީޕީއެމް އިން ހިތާމަ ކުރާކަމަށް އެ ޕާޓީ އިން ބުނެފައިވެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް