މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓްޗޭންޖް އެންޑް ޓެކްނޯލޮޖީގެ އިން ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ 155 ރަށެއްގެ މިސްކިތްތަކުގައި ސޯލަރ ޕީވީ ނިޒާމު ޤާއިމުކުރުމަށް މަޝްރޫއެއް އިއުލާންކޮށްފިއެވެ.
މި ނިޒާމު ޤާއިމުކުރުމަށް ބޭނުންވާ ސޯލަރ ޕީވީ ސިސްޓަމްތަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން މިހާރުވަނީ ބީލަން ހުށަހެޅުމަށް ހުޅުވާލާފައެވެ.
މި ހުރިހާ މިސްކިތެއްގައި އަވިން ކަރަންޓް އުފައްދާ ނިޒާމުތަށް ބަލަހަށްޓާނީ ރަށު ކައުންސިލްތަކަށް ވާއިރު، މި ނިޒާމު ގާއިމުކުރާނީ ފެނަކާ ކޯޕަރޭޝަނާއި ހަވާލުކޮށްގެންނެވެ. މި މަޝްރޫޢަކީ ޖުމްލަކޮށް 10 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. އަދި މިއީ ސަރުކާރުން ކައުންސިލްތަކަށް ހިލޭ ފޯރުކޮށްދޭ އެހީތެރިކަމެކެވެ.
އެގޮތުން މި މަސައްކަތް ކުރުމަށްޓަކައި ބޭނުންވާ ސޯލަރ ޕީވީ ނިޒާމުތަށް ސަޕްލައިކޮށްދޭނެ ފަރާތެއްގެ ހޯދުމަށް ބިޑް ހުށަހަޅަންޖެހޭ އެއްމެ ފަހު ތާރީޚަކީ މި އަންނަ މަހު 17 އެވެ. ނަމެވެސް، މި ވަގުތު އެ މިނިސްޓްރީ އިން ހުރި ސާމާނު ބޭނުންކޮށްގެން އޮގަސްޓް މަހުގެ ތެރޭގައި ބައެއް މިސްކިތްތަކުގައި މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުން ކަމަށް މައުލޫމަތު ދީފައިވެއެވެ.
މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 50ހާސް ރުފިޔާ ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 148 ދުވަހެވެ.
މި މަޝްރޫއާއި ގުޅިގެން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލީ މާޖިދް ވިދާޅުވީ މި މަޝްރޫޢުއަކީ ރައީސް ސޯލިހް އިއުލާނުކޮށްފައިވާ ނެޓް-ޒީރޯ 2030 ޓާގެޓް ހާސިލުކުރުމަށާ އަދި ކައުންސިލުތަކުން މިސްކިތްތަކުގެ ކަރަންޓު ބިލަށް ކުރާ ޚަރަދުގެ ބޮޑު ބައެއް ގެ އެހެނިހެން މަސައްކަތްތަކަށް ބޭނުންކުރުމަށް އެހީތެރިވެދިނުމަށް ރައީސްގެ އިސްނެންގެވުމަށް ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.
"ކުރިއަށް އޮތްތާނގައިވެސް ކައުންސިލުތަކަށް އަމާޒުކޮށްގެން މިފަދަ އިތުރު މަޝްރޫޢުތައް ހިންގުމަށްވެސް ސަރުކާރުވަނީ ނިންމާފައި" މާޖިދު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ސަބަބުން ދައުލަތުގެ ބަޖެޓުން އަހަރު އަށް މިލިއަން ދިވެހި ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް އަންދާޒާކުރެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް