ކެމްޕޭނަށް ރައީސް ށ އަތޮޅަށް ވަޑައިގެންފި

ރިޔާސީ ކެމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ށ. އަތޮޅަށް ވަޑައިގެންފިއެވެ. ރައީސް ށަވިޔަނި އަތޮޅަށް ވަޑައިގަތީ ޏ. ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދ...

31 Jul 2023 | 07:53

ރިޔާސީ ކެމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ށ. އަތޮޅަށް ވަޑައިގެންފިއެވެ.

ރައީސް ށަވިޔަނި އަތޮޅަށް ވަޑައިގަތީ ޏ. ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މި ދަތުރުފުޅުގައި އެ އަތޮޅު ފުނަދޫ، މާއުނގޫދޫ، ޅައިމަގު، ނަރުދޫ، ފީވައް އަދި މިލަންދޫއަށް ވަޑާއިގަތުމަށް ހަމަޖެހިފައިވެއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބޭއްވުމަސް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީ ކޯލިޝަންގެ ފަރާތުން ވާދަ ކުރައްވާ ކެނޑިޑޭޓް، ރައީސް ސޯލިހުގެ ރިޔާސީ ކެމްޕެއިން ފައްޓަވާފައި ވަނީވެސް  ށ. އަތޮޅުންނެވެ.

އެގޮތުން ކޮމަންޑޫއިން ފެއްޓެވި ކެމްޕޭންގައި އެ އަތޮޅު ފޯކައިދޫ، މަރޮށި އަދި ނޫމަރާއަށް ވަޑައިގެންނެވިއެވެ.

އޭގެ ފަހުން ކ. އަތޮޅުގެ  ކ. ގުޅި، ގުރައިދޫ އަދި މާފުއްޓަށާއި މ. ކޮޅުފުށި، ނާލާފުށި، މުލި އަދި މުލަކުގެ އިތުރުން ވ. ރަކީދޫ، ކެޔޮދޫ، ފެލިދޫ، ތިނަދޫ އަދި ފުލިދޫއަށް ވަޑައިގެންނެވިއެވެ. އަދި ހއ. އަތޮޅުގެ10 ރަށަކަށްވެސް ވަޑައިގެންނެވިއެވެ. އެއީ  ހޯރަފުށި، ތުރާކުނު، އުލިގަމު، މޮޅަދޫ، އިހަވަންދޫ، މާރަންދޫ، ތަކަންދޫ، ކެލާ، ވަށަފަރު އަދި ދިއްދުއަށެވެ.

އެންމެ ފަހުން އެމަނިކުފާނު ކެމްޕޭނަށް ވަޑައިގެންނެވީ ޏ. ފުވައްމުލަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް