މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވާން ޔާމީނަށް ފުރުސަތު ނުދިނީތީ ހިތާމަކުރަން: ޕީޕީއެމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވާން އެމަނިކުފާނަށް ފުރުސަތު ނުދިނީތީ އެކަމާ ހިތާމަ ކުރާކަމަށް ޕީޕީއެމްއިން ބުނެފިއެވެ. ޔާމީންގެ މަންމާފުޅު ފާތިމަތު ހަސ...

31 Jul 2023 | 07:14

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވާން އެމަނިކުފާނަށް ފުރުސަތު ނުދިނީތީ އެކަމާ ހިތާމަ ކުރާކަމަށް ޕީޕީއެމްއިން ބުނެފިއެވެ.

ޔާމީންގެ މަންމާފުޅު ފާތިމަތު ހަސަން އަވަހާރަވެފައިވަނީ އަވަށްޓެރި ސްރީލަންކާގައެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނީ، އެކޯލިޝަންގެ ލީޑަރު އަދި ޕީޕީއެމްގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މަންމާފުޅު އަވަހާރަވި ޚަބަރު އެ ކޯލިޝަންގެ އެންމެހާ މެންބަރުން އެހީ ވަރަށްވެސް ފުން ހިތަމާއާއި އަސަރާއެކުގައި ކަމަށެވެ.

މަރްހޫމާގެ ފުރާނަފުޅަށް ރަޙުމަތް ލައްވާ ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުމަށް ދުއާ ކުރަމުން ޕީޕީއެމްއިން ބުނީ ޔާމީންގެ މަންމާފުޅު އަވަހާރަވިއިރު، އެމަނިކުފާނު މިސަރުކާރުގެ އަނިޔާވެރިކަމުގައި ޙައްޤު ނޫން ޙުކުމެއްގައި ޖަލުގައި ހުންނަވަން ޖެހިވަޑައިގަތުމާއި އެމަނިކުފާނަށް އެމަނިކުފާނުގެ މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިނުގަތް ކަމަށެވެ.

"ރައީސް ޔާމީންގެ މަންމާފުޅު އަވަހާރަވުމުގެ ހިތާމައިގައި މިކޯލިޝަންގެ އެންމެހައި މެންބަރުން ބައިވެރިވެ، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ ލޮބުވެތި ޢާއިލާއަށް، މިކޯލިޝަންގެ ލީޑާރޝިޕާއި، ސެނެޓަރުންނާއި، ޕާލަމަންޓްރީ ގްރޫޕްގެ މެންބަރުންނާއި، ދާއިރާ ރައީސުންނާއި، ސްޓިއަރިންގ ކޮމިޓީތަކާއި އަދި މިކޯލިޝަނަށް ނިސްބަތްވާ ދެ ޕާޓީގެ އެންމެހާ މެންބަރުންގެ ނަމުގައި ތަޢުޒިޔާ ދަންނަވަން. އަދި މާތްﷲ އެމަރްޙޫމާގެ ޢާއިލާއަށާއި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ކެތްތެރިކަމާއި ސާބިތުކަން މިންވަރު ކުރެއްވުން އެދި ދުޢާ ކުރަން" އެ ޕާޓީން ބުންޏެވެ.

އުމުރުން 80 އަހަރުން މައްޗަށްގޮސްފައިވާ ފާތިމަތު ހަސަން އަވަހާރަވި އިރު ރައީސް ޔާމީންގެ އިތުރުން ފަސް ބޭފުޅަކު ދުނިޔޭގައި އެބަ ތިއްބެވިއެވެ. ފާތިމަތު ހަސަން އަކީ ކުރީގެ ރައީސް މައުމޫންގެ ދޮންމަންމާފުޅުވެސް މެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް