ވެމްކޯއިން އޮފީހެއް ހިންގުމަށް ފުވައްމުލަކުން އިމާރާތެއް ހޯދަނީ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑަށްއޮފީސް ހިންގުމަށް ބޭނުންމާ އިމާރާތެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފިއެވެ. ވެމްކޯއިން ގެޒެޓުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިކަމަށް ޝައުޤު...

31 Jul 2023 | 06:26

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑަށްއޮފީސް ހިންގުމަށް ބޭނުންމާ އިމާރާތެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފިއެވެ.

ވެމްކޯއިން ގެޒެޓުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ގެޒެޓުގައިވާ ތާރީހުގެ ކުރިން އެ ކުންފުނީގެ ހެޑްއޮފީހަށް ނުވަތަ ފުވައްމުލަކުގައި ހުންނަ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ އޮފީސް  ހުށައެޅުއްވަންވާނެ ކަމަށެވެ.

"ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި ބީލަންތައް ހުންނަންވާނީ މައުލޫމާތު ކަރުދާހުގައި ބަޔާންކުރައްވާފައިވާ ފަދައިން ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.  މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ ނަންބަރު ގުޅުއްވުން ނުވަތަ އީމެއިލް ކުރެއްވުން އެދެމެވެ." ވެމްކޯއިން ބުނެފައިވެއެވެ.

06 އޮގަސްޓް 2023 ވާއާދީއްތަ ދުވަހުގެ ހެނދުނު 11:00ގެ ފަހުން ލިބޭ އެއްވެސް ޕްރޮޕޯސަލެއް ބަލައިނުގަނެވޭނެކަމަށްވެސް ބުނެފައިވެއެވެ.

ބިޑް ހުށައަޅުއްވާއިރު އިޢުލާންގައިވާ ނުކުތާތަކަށް އިސްކަންދީ މަޢުލޫމާތުތައް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށާއި މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ ނަންބަރު ގުޅުއްވުން ނުވަތަ އީމެއިލް ކުރެއްވުން ވެމްކޯއިން އެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް