ރައީސް ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ރިޔާސީ ކެމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ޏ. ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. ރައީސް ފުވައަމުލަކަށް ވަޑާއިގަތީ އިއްޔެއެވެ. އެރަށަށް ވަޑައިގެން، އެރަ...

31 Jul 2023 | 06:06

ރިޔާސީ ކެމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ޏ. ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

ރައީސް ފުވައަމުލަކަށް ވަޑާއިގަތީ އިއްޔެއެވެ.

އެރަށަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށްފަހު ރައީސް ވަނީ އެރަށު ސްކޫލު މަލްޓިޕާޕަސް ހޯލާއި ދޫޑިގަން ފުޓްބޯޅަ ދަނޑު ހުޅުވައިދެއްވާފައެވެ. މީގެ އިތުރުން ރައީސް ވަނީ ކޯލިޝަން ޕާޓީ އެމްޑީއޭގެ ޕޮލިޓިކަލް ސެންޓަރާއި އަދާލަތު ޕާޓީގެ ޖަގަހަ ހުޅުވައިދެއްވާފައެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބޭއްވުމަސް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީ ކޯލިޝަންގެ ފަރާތުން ވާދަ ކުރައްވާ ކެނޑިޑޭޓް، ރައީސް ސޯލިހުގެ ރިޔާސީ ކެމްޕެއިން ފައްޓަވާފައި ވަނީ މި މަހުގެ ކުރީކޮޅު ށ. އަތޮޅުންނެވެ.

އެގޮތުން ކޮމަންޑޫއިން ފެއްޓެވި ކެމްޕޭންގައި އެ އަތޮޅު ފޯކައިދޫ، މަރޮށި އަދި ނޫމަރާއަށް ވަޑައިގެންނެވިއެވެ.

އޭގެ ފަހުން ކ. އަތޮޅުގެ  ކ. ގުޅި، ގުރައިދޫ އަދި މާފުއްޓަށާއި މ. ކޮޅުފުށި، ނާލާފުށި، މުލި އަދި މުލަކުގެ އިތުރުން ވ. ރަކީދޫ، ކެޔޮދޫ، ފެލިދޫ، ތިނަދޫ އަދި ފުލިދޫއަށް ވަޑައިގެންނެވިއެވެ.

އެންމެ ފަހުން އެމަނިކުފާނު ކެމްޕޭނަށް ވަޑައިގެންނެވީ ހއ. އަތޮޅުގެ10 ރަށަކަށެވެ. އެއީ  ހޯރަފުށި، ތުރާކުނު، އުލިގަމު، މޮޅަދޫ، އިހަވަންދޫ، މާރަންދޫ، ތަކަންދޫ، ކެލާ، ވަށަފަރު އަދި ދިއްދުއަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް