ޏ. ފުވައްމުލަށް ދަނޑިމަގު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތްތައް މިދިޔަ ހުކުރު ދުވަހު ފެށިފައިވާކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.
އެމްޓީސީސީ އިން ބުނީ މި މަޝްރޫޢުގެ ދަށުން، 5,263.65 އަކަ މީޓަރުގެ ސަރަޙައްދެއް އެކްސްކަވޭޓް ކުރުމާއި، 4,511.70 އަކަ މީޓަރުގެ ސަރަޙައްދެއްގެ ބެކްފިލިންގ މަސައްކަތް ކުރުމުގެ އިތުރަށް، 15,039 އަކަ މީޓަރުގެ ސަބްބޭސް މަސައްކަތާއި ކޮމްޕެކްޝަން މަސައްކަތް ހިމެނޭ ކަމެވެ.
މީގެ އިތުރަށް، 460.29 އަކަ މީޓަރުގެ ޕޭވްމަންޓް ހަރުކުރުމާއި، ކަރބް ސްޓޯން ހަރުކުރުމާއި، އަދި ކާނު މަތިގަނޑާއި، ފެންހިންދާ ވަޅުގަނޑާއި، ގްރޭވަލް ޕިޓްސް ހަރުކުރުމުގެ މަސައްކަތްވެސް ހިމެނޭ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައިއެވެ.
މިއީ 2.59 މިލިއަން ރުފިޔާއަށް ސަރުކާރުން އެމްޓީސީސީއާ ހަވާލު ކޮށްފައިވާ މަޝްރޫއުއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް