ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ޓިކެޓު ޔާމީނަށް ދޭން ނިންމައިފި

އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ޓިކެޓު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދޭން ނިންމައިފި އެވެ. މިގޮތަށް ނިންމީ މިރޭ ބޭއްވި ޕީޕީއެމް/ ޕީއެންސީ ޖޮއިންޓް ކައުންސިލްގެ ބައްދަލުވުމުގައި އެވެ. މި ބައްދަލު...

31 Jul 2022 | 18:30

އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ޓިކެޓު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދޭން ނިންމައިފި އެވެ.

މިގޮތަށް ނިންމީ މިރޭ ބޭއްވި ޕީޕީއެމް/ ޕީއެންސީ ޖޮއިންޓް ކައުންސިލްގެ ބައްދަލުވުމުގައި އެވެ. މި ބައްދަލުވުމުގެ ނިންމުމާއި ގުޅޭގޮތުން އިދިކޮޅުން ރަސްމީކޮށް މީޑިއާގައި އަދި ވާހަކައެއް ނުދައްކަ އެވެ.

އެކަމަކު ޔާމީނަށް ޓިކެޓުދޭން ނިންމިކަން ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވަނީ ހާމަ ކުރައްވާފަ އެވެ. އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ނިންމުން ރައީސް ޔާމީން ގަބޫލު ކުރައްވާފައިވާ ކަމަށެވެ.

އަދި މަރުހަބާ ވިދާޅުވެފައިވެ އެވެ.

https://twitter.com/Banafsaa/status/1553797512573906944

ރިޔާސީ އިންތިހާބުގައި ވާދަކުރަން ރައީސް ޔާމީން ނިންމެވި އިރު އެ މަނިކުފާނަށް ދައުވާކުރާ ތިން މައްސަލައެއް މިހާރު ވެސް ކޯޓުގައި އެބައޮތެވެ. އެ އިން އެއްވެސް މައްސަލައެއް ސާބިތުވެއްޖެ ނަމަ ޔާމީނަށް ވެރިކަމަށް ކުރިމައްޗެއް ނުލެވޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް