ޒިނޭގެ ކުށް ސާބިތު ކުރަން ބޭނުންވަނީ ހަތަރު ހެކިން ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެ އެވެ.
ޑރ. އިޔާޒު މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންހެނަކާއި އެކު ޒިނޭ ކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ލިބިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ. ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގަ ހއްޔަރު ކުރުމުން ކޯވާއިސްކުރައްވައި ދެއްކެވި ވާހަކަފުޅުތަކެއްގައި އެވެ.
ނަޝީދު ވިދާޅުވީ ރައީސް ސޯލިހު ޒިނޭ ކުރާ ހަތަރު ފޮޓޯ ލިބިވަޑައިގެންފަވާ ކަމަށެވެ. އަދި އެމަނިކުފާނު ބޭނުން ނަމަ އެ ފޮޓޯތައް ފުލުހުންނާއި ހިއްސާ ކުރެއްވިދާނެ ކަމަށް ވިދާޅުވި އެވެ.
އިޔާޒު މިއަދު ކުރެއްވި ޓުވީޓެއްގައި ނަޝީދުގެ ރަސްމީ ޓުވިޓާ އެކައުންޓު ޓެގު ކުރައްވާ ވިދާޅުވީ ޒިނޭގެ ތުހުމަތު ސާބިތު ކުރަން ބޭނުންވަނީ ހަތަރ ފޮޓޯގެ ބަދަލުގައި ހަތަރު ހެކިން ކަމަށެވެ.
އޭނާ ވިދާޅުވީ އެވަރުގެ އަސާސީ ކަންކަން ނޭނގޭ މީހުން މަޖިލީހާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އިންނެވުމުން ހެޔޮނުވާނެ ކަމަށެވެ. އަދި ނަޝީދު ވަގުތުން މަގާމުން ވަކި ކުރަންޖެހޭ ކަމަށް ވިދާޅުވެފައިވެ އެވެ.
https://twitter.com/dr_iyaz/status/1553655270466719744
ރައީސް ސޯލިހުގެ އިސްތަށިފުޅުގައި ނަޝީދު އެޅުއްވި ޒިނޭގެ ތުހުމަތު އެމަނިކުފާނު ވަނީ ދޮގު ކުރައްވާފަ އެވެ.
ނަޝީދު މަޖިލީހުގެ ރައީސް ކަމުން ވަކި ކުރުމުގެ މަސައްކަތް އެމްޑީޕީގެ ޕީޖީ ތެރެއިން ފަށާފައިވަނިކޮށް އެކަމަށް ގޮވާލާ އޮންލައިން ޕެޓިޝަނެއްގައި ސޮއި ކުރަންވެސް ވަނީ ފަށާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް