ދިރާގު ޓީވީ އާއި ދިރާގު ޕްލޭ މެދުވެރިކޮށް ކޮމަންވެލްތު ގޭމްސް ބަލައިލެވޭގޮތް ހަދައިފިއެވެ.
ދިރާގުން ބުނީ އިނގިރޭސިވިލާތުގެ ބާމިންގްހަމްގައި މިހާރު ކުރިއަށްދާ "ކޮމަންވެލްތު ގޭމްސް 2022" ދިރާގު ޓީވީ އާއި ދިރާގު ޕްލޭއިން މިހާރު ބެލޭނެ ކަމަށެވެ.
އެގޮތުން ސޮނީ ސިކްސް (އެސްޑީ އަދި އެޗުޑީ)، ސޮނީ ޓެން 2 (އެސްޑީ އަދި އެޗުޑީ)، ސޮނީ ޓެން 4 (އެސްޑީ އަދި އެޗުޑީ) އަދި ޓެންސް ސްޕޯޓްސް ޕާކިސްތާނުން މި މުބާރާތް ދައްކާނެ ކަމަށް ދިރާގުން ބުނެއެވެ.
ދިރާގު ޓީވީ ކަސްޓަމަރުންނަށް އެންމެ 350 ރުފިޔާއަށް ދިރާގު ޓީވީގެ އެންމެ ބޭސިކް ޕެކޭޖަށް ސަބްސްކްރައިބް ކޮށްގެން އެ މުބާރާތުގެ މެޗުތަކާއި އިތުރު ޗެނަލްތައް ވެސް ބެލޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި މޮބައިލް ކަސްޓަމަރުންނަށް ޖީއެސްޓީއާ ނުލައި 65 ރުފިޔާއަށް ދިރާގު ފައިބަރ ބްރޯޑްބޭންޑް ވައިފައިގައި އިތުރު އެއްވެސް ޚަރަދަކާ ނުލައި އެ މެޗުތައް ބެލޭނެ ކަމަށް ވެސް ބުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް