ކާނަލް ރޭންކްގެ ނަން ހިމަނަށްވާނީ ސިފައިންގެ ޚިދުމަތުގައި އުޅުނު އިރު، އެ ރޭންކު ލިބިފައިވާނަމަ: އާޒިމް

ކާނަލް ރޭންކްގެ ނަން ހިމަނަށްވާނި ސިފައިންގެ ޚިދުމަތުގައި އުޅުނު އިރު ކާނަލް ރޭންކު ލިބިފައިވާނަމަ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ކުރީގެ އިންފޮމޭޝަން އޮފިސަރ އަދި ރިޓެއަރ...

31 Jul 2022 | 11:11

ކާނަލް ރޭންކްގެ ނަން ހިމަނަށްވާނި ސިފައިންގެ ޚިދުމަތުގައި އުޅުނު އިރު ކާނަލް ރޭންކު ލިބިފައިވާނަމަ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ކުރީގެ އިންފޮމޭޝަން އޮފިސަރ އަދި ރިޓެއަރޑް މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވެއްޖެއެވެ.

ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "އަޅުގަނޑު އެބައެއްގެ މަސައްކަތަަށް ޝުކުރުވެރިވާ އަދި އިޙްތިރާމް ކުރާ އެކުވެރި ނޫސްވެރިންގެ ސަމާލުކަމަށް ހިއްސާކޮށްލަމެވެ. ކާނަލް ނަޝީދުކަމަށް ނޫސްތަކުން ޚަބަރު ކަވަރ ކުރުމުގެ ބަދަލުގައި ކުރީގެ މެންބަރު ނަޝީދު ކަމަަށް ޚަބަރުގައި ބަޔާން ކުރުމަކީ ވަރަށް ބޭނުންތެރިކަމެއްކަމަށް އަޅުގަނޑުދެކެމެވެ." މިފަދައިންނެވެ.

އެހެނީ ކާނަލް ރޭންކަކީ ސިފައިންގެއަށް ނިސްބަތްވާ ރޭންކަކަށްވެފައި، ސިފައިންގެ ސީނިއަރ ރޭންކަކަށް ވީހިނދު، ސިފައިންގޭގައި ކުރުމުއްދަތެއްގައި ޕްރައިވެޓް ރޭންކުގައި އުޅެ، ވަކިވެފައިވާ މީހަކަށް ކާނަލް ރޭންކް ނިސްބަތްކޮށް ޚަބަރުތަކުން ގެންނަ ގެނައުން ބަދަލު ކުރަން އެދޭ ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ ކާނަލް ރޭންކްގެ ނަން ހިމަނަށްވާނީ ސިފައިންގެ ޚިދުމަތުގައި އުޅުނު އިރު ކާނަލް ރޭންކު ލިބިފައިވާނަމަ ކަމަށެވެ.

އަޚުލާޤީ ދަށުދަރަޖައިގެ ޢަމަލެއްގެ ތުހުމަތުކުރޭ ފަރާތެއްގެ ނަމުގެ ކުރިއަށް އެމީހަކު ސިފައިންގޭގައި އަދާނުކުރަ ރޭންކު ކަމަށްވާ" ކާނަލް ރޭންކް" ހިމެނުމަކީ މުޅި ދިވެހި އަސްކަރިއްޔާއަށް ވެސް އެކަމުގެ ހުތުރުނަން ރައްދުވާނެކަމެއް ކަމަށް ވެސް މޭޖަރ ރިޓަޔަޑް އިބްރާހިމް އާޒިމް ވަނީ ވިދާޅުވެފައެވެ.

އެމްއެންޑީއެފް ގައި 34 އަހަރާއި 2 މަހާއި 12 ދުވަހު، އިޚްލާސްތެރިކަމާއި ތެދުވެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށް ފަހު، 1 ޖުލައި 2022 ގައި މަގާމުން ރިޓެއަރ ކުރެއްވުމަށް ފަހު، އާޒިމް ގެންދަވަނީ ގައުމުގައި ހުރި މައްސަލަތަކާއި ގުޅޭގޮތުން އާޒިމްގެ ޚިޔާލު ފާޅުކުރައްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް