ޑަބްލިއުއެޗްއޯއިން ރާއްޖެއަށް 250 މަންކީޕޮކްސް ޓެސްޓު ކިޓު ހަދިޔާކޮށްފި

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރާޢްޖެއަށް 250 މަންކީޕޮކްސް ޓެސްޓު ކިޓު ހަދިޔާ ކޮށްފި އެވެ. މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރ...

31 Jul 2022 | 09:15

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރާޢްޖެއަށް 250 މަންކީޕޮކްސް ޓެސްޓު ކިޓު ހަދިޔާ ކޮށްފި އެވެ.

މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ހެލްތް މިނިސްޓަރު އަހުމަދު ނަސީމެވެ. ޑަބްލިއުއެޗްއޯގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބެވެ.

ހެލްތް މިނިސްޓްރީން ބުނީ މި ކިޓުތައް މިހާރު އެ މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ. އަދި ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެ ޖަމިއްޔާއިން ރާއްޖެއަށް އިތުރު ކިޓްތަކެއް ހަދިޔާ ކުރާނެ ކަމަށެވެ.

މި ކިޓުތައް ބޭނުން ކުރާނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ބޮޑެތި ހޮސްޕިޓަލްތަކުގައި އެވެ. އެކަމަކު އެ ހޮސްޕިޓަލްތަކުގެ ނަންތައް އަދި ހާމައެއް ނުކުރެ އެވެ.

މިނިސްޓްރީން ބުނީ ބޮޑެތި ހުރިހާ ހޮސްޕިޓަލްތަކެއްގެ ލެބޯޓްރޯ ޓެކްނީޝަނުންނަށް މަންކީޕޮކްސްއަށް މީހުން ޓެސްޓު ކުރުމާއި މި ކިޓުތައް ބޭނުންކުރާނެ ގޮތުގެ ތަމްރީން ދިނުމަށް މާދަމާ ބައްދަލުވުންތަކެއް އޮންލައިންކޮށް ފަށާނެ ކަމަށެވެ.

މި ތަމްރީންތައް ނިމުމާއި އެކު ޓެސްޓު ކުރުން ފެށޭނެ ކަމަށް މައުލޫމާތުދެ އެވެ.

މަންކީޕޮކްސް އާއި ދެކޮޅަށް ކުރާ މަސައްކަތް ފުޅާ ކުރުމުގެ ގޮތުން ހެލްތުން ދަނީ ޑަބްލިއުއެޗްއޯ އާއި ގުޅިގެން ގާތުން މަސައްކަތް ކުރަމުންނެވެ. އެ މިނިސްޓްރީން ބުނީ ބަލި ޖެހިފައިވާ މީހަކު އަދި ނުފެނުނު ނަމަވެސް ރާއްޖެއިންވެސް މަންކީޕޮކްސް ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

މަންކީޕޮކްސް އާންމުކޮށް ފެތުރެމުންދަނީ އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ މެދުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް