ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކި ކުރުމަށް ގޮވާލާ ޕެޓިޝަންއެއްގައި ސޮއި ކުރަން ފަށައިފި އެވެ.
އޮންލައިންކޮށް ބައިވެރިވެވޭ "ޗޭންޖް ޑޮޓް އޯގް" ގައި ކުރިޔަށް ގެންދާ މި ޕެޓިޝަންގައި މިހާތަނަށް 100 އަށްވުރެ ގިނަ މީހުން ސޮއިކޮށްފައިވެ އެވެ. މި ޕެޓިޝަންގައި ސޮއި ކުރަން ފަށާފައިވަނީ ކާކުކަމެއް އަދި ނޭނގެ އެވެ.
އޮންލައިން ޕެޓިޝަންގައި ބުނެފައި ވަނީ ރާއްޖޭގެ އިޖްތިމާއީ އަދި އިސްލާމީ އުސޫލުތަކަށް ނަޝީދު ފުރައްސާރަ ކުރަައްވަމުން ގެންދަވާ ކަމަށެވެ. އަދި މިހާރު ބޭއަދަބީ ކަންކަން ވެސް ދިފާއު ކުރައްވަމުން ގެންދަވާތީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް މަގާމުން ވަކި ކުރަން ޖެހޭ ކަމަށް އެ ޕެޓިޝަންގައި ބުނެފައި ވެ އެވެ.
މި ޕެޓިޝަންގައި އީމެއިލް އެޑްރެސްއެސް ބޭނުންކޮށްގެން ބައިވެރިވެ ސޮއި ކުރެވޭނެ އެވެ.
މި ޕެޓިޝަންގައި ސޮއި ކުރަން ފަށާފައި މިވަނީ އެމްޑީޕީ ޕީޖީ ގްރޫޕުގެ ތެރެއިން ނަޝީދާއި އީވާ ވަކި ކުރުމުގެ މަސައްކަތް ފަށާފައިވަނިކޮށެވެ. އެ މަސައްކަތް ފެށީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ތާއީދުކުރައްވާ މެމްބަރުންނެވެ.
އެމަނިކުފާނު މަގާމުން ވަކި ކުރަން ނިންމީ ކޮއްކޯފުޅު ނާޒިމް އަބްދުއް ސައްތާރު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރު ކުރުމުން ކޮއްކޯފުޅުގެ ދިފާއިގައި ނަޝީދު ވާހަކަ ދައްކަވަން ފެއްޓެވުމުންނެވެ. އަދި ރައީސް ސޯލިހު އަންހެނަކާއި އެކު ޒިނޭ ކުރިކަމަށް ނަޝީދު ވިދާޅުވި ހިސާބުންނެވެ.
ނަޝީދުގެ އެ ތުހުމަތު ރައީސް ސޯލިހު ވަނީ ދޮގު ކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް