ސެންޓާއި ކޮސްމެޓިކްސް ރާއްޖެއަށް އިންޕޯރޓްކޮށް، ފުޅާ ދާއިރާއެއްގައި ޑިސްޓްރިބިއުޓް ކުރަމުންދާ ޕޮއިސް ޕާރފިއުމްއިން ފޮގް ބްޑިސްޕްރޭއަށް ޚާޢްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ހޯލްސެއިލްކޮށް މުދާ ނަންގަވާ ފަރާތްތަކަށް ޚާއްސަކޮށްގެން ކުރިޔަށްދާ މި ޕްރޮމޯޝަނަކީ، ހޯލްސެއިލްކޮށް ފޮގް ބްޑީސްޕްރޭ މިހާރު ނަންގަވަމުންދާ އަގަށްވުރެ އިތުރު %10 ޑިސްކައުޓަކާއެކު ކުރިޔަށްދާ ޚާއްސަ ޕްރޮމޯޝަނެކެވެ.
ފޮގް ބްރޭންޑް މަޤްބޫލުވެފައިވަނީ ބްރޭންޑްގެ ވަސްތަކަކީ ދިވެހީންނަށް ކަމުދާ، ހިތްގައިމު ވަސްތަކެއް އެކުލެވޭ އަދި ގިނަ އިރު ވަސްހުންނަ ބްރޭންޑަކަށް މި ބްރޭންޑް ވާތީއެވެ. "ފޮގް މާރކެޓުން ހުސްނުވެ، ކަސްޓަމަރުންނަށް ބޭނުންވާވަރަށް މި ބްރޭންޑް މެއިންޓެއިންކޮށްފޯރުކޮށް ދިނުމަކީ އަބަދުވެސް ޕޮއިސް ޕާރފިއުމްސްގެ އަމާޒު" ޕޮއިސްގެ ފަރާތުން ހާމަކުރިއެވެ.
މިބްރޭންޑް ކަސްޓަމަރުން ބަލައިގެންފައިވާ އެނެމެބޮޑު އެއްސަބަބަކީ ގޭސްފްރީ އަދި ޚަރަދު ކުޑަ، ގިނައިރު ވަސްހުންނަ ބްރޭންޑަކަށް ވާތީއެވެ. އަދި މީގެ އިތުރުން ޒަމާނަށް އަންނަ ބަދަލުތަކާއެކު އިތުރު އާވަސްތައް ބާޒާރަށް ނެރުމަށް ޚާއްސަ އަހަމިއްޔަތުކަމެއް ދޭތީއެވެ.
ފޮގް ބްރޭންޑްގެ އޮރިޖިނަލް ހަމައެކަނި ލިބިވަޑައިގަންނަވާނީ ޕޮއިސް ޕާރފިއުމްސް އިން ކަމަށްވާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޮގްގެ އެކި ވައްތަރުތައް ޕޮއިސް އިން މިހާރުދަނީ ޑިސްޓިބިޔުޓް ކުރަމުންނެވެ. ވުމާއެކު ފޮގަށް ޚާއްސަ މި ޕްރޮމޯޝަންގައި ހޯލްސެއިލްކޮށް ފޮގް ބްރޭންޑް ނަންގަވާ ފަރާތްތަކަށް މިއީ ރަނގަޅު ފުރުސަތަކަށް ވާނޭކަމަށް ޕޮއިސް އިން ހާމަކުރެއެވެ. ޕްރޮމޯޝަން ކުރިޔަށްދާނީ 31 ޖުލައި 2022 އިން ފެށިގެން 15 އޯގަސްޓް 2022 ގެ ނިޔަލަށެވެ.
ފޮގްބްރޭންޑުން އެންމެފަހުން ބާޒާރަށް ނެރެފައިވަނީ ފޮގް މާސްޓާރ އެވެ. ފޮގް މާސްޓަރ ވެސް ވެގެންގޮސްފައިވަނީ ދިވެހީންނަށް ކަމުދާ ވަސްތަކެއް އެކުލެވޭ ކަލެކްޝަނަކަށެވެ. މީގެ އިތުރުން ފޮގް ސެންޓްގެ އާ ވައްތަރުތައްވެސް ވަނީ ބާޒާރަށް ނެރެފައެވެ.
ޕޮއިސްއަކީ، ދުނިޔޭގެ މާރކެޓްގައި ފާހަގަކޮށްލެވޭ ރަނގަޅު ކޮލިޓީ އަދި އިތުބާރުހިފޭ ސެންޓާއި، ބޮޑީ ސްޕްރޭ ރާއްޖެއަށް އެތެރެކޮށް މާރކެޓްކުރަމުންދާ ތަނެކެވެ. "އަބަދުވެސް އަޅުގަނޑުމެން ކަސްޓަމަރުންނަށްދޭ ޔަޤީންކަމަކީ ޕޮއިސްއިން ވިއްކާ ކޮންމެ ބްރޭންޑަކީވެސް ކޮލިޓީ ބްރޭންޑްތަކެއް ކަމުގައި ވުމާއި، ކަސްޓަމަރުން ބަލައިގަންނަ ބްރޭންޑްތަކަކަށް ހެދުން"
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް