"އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ޓޫރިޒަމް އެންޑް ސޯޝަލް ރިސަރޗް" (އައި.ސީ.ޓީ.އެސް.އާރު 2022) ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއެކޮށްފިއެވެ.
މިއީ ކްލިކް ކޮލެޖާއި އޮސްޓްރޭލިއާގެ ކާޓިން ޔުނިވަރސިޓީ އަދި އިނގިރޭސިވިލާތުގެ ނޮޓިންހަމް ޓްރެންޓް ޔުނިވަރސިޓީ ގުޅިގެން އިންތިޒާމުކުރާ ކޮންފަރެންސެކެވެ. މި ކޮންފަރެންސް ކުރިއަށްދާނީ އަންނަ އޯގަސްޓު މަހުގެ 2 އިން 5 ގެ ނިޔަލަށް އއ. އުކުޅަހުގައެވެ.
އައި.ސީ.ޓީ.އެސް.އާރު 2022 ގެ މިފަހަރުގެ ޝިއާރުކަމަށްވާ "ރީ-ތިންކިންގ ޓޫރިޒަމް، ހޮސްޕިޓާލިޓީ އެންޑް އިވެންޓްސް ފޯ އަ ބެޓަރ ފިއުޗަރ" ގެ ދަށުން މައިގަނޑު ގޮތެއްގައި އަލިއަޅުވާލެވިގެންދާނީ ކޮވިޑް-19 ގެ ބަލިމަޑުކަމަށްފަހު ދުނިޔޭގެ ފަތުރުވެރިކަމާއި ގުޅުންހުރި ހަރަކާތްތައް އަލުން ތަރައްޤީކުރެވޭނެ ގޮތްތަކެވެ.
މިގޮތުން މި ކޮންފަރެންސްގައި ފަތުރުވެރިކަމުގެ ދާއިރާގެ އިސްވެ ހަރަކާތްތެރިވާ ފަރާތްތަކާއި ޕޮލިސީ ހަދާ ފަރާތްތަކާއި އެކަޑަމިކް ބޭފުޅުން ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް މިހާރު ހުރި ގޮންޖެހުންތަކާއި މި ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން މަޢުލޫމާތު ޙިއްޞާކޮށް މަޝްވަރާ ކުރާނެއެވެ.
ދިވެހި ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް އަހަރު ފާހަގަކުރަމުންދާއިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕާޓްނަރެއްގެ ހައިސިއްޔަތުން ދިރާގުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ މި ދާއިރާއަށް އިތުރު ކުރިއެރުން ލިބޭނެ ފަދަ ހަރަކާތްތަކަށް އެއްބާރުލުންދިނުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް