މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓު ނެރެފި އެވެ.
އެލާޓު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދަށެވެ. ވަގުތަކީ މެންދުރު12:00ން ހަވީރު4:00 އަށެވެ.
މެޓް އޮފީހުން ބުނީ މިވަގުތުތަކުގައި ކަނޑުތައް ގަދަވެ ވައި ގަދަވާނެ ކަމަށެވެ.
އާންމުގޮތެއްގައި އެ ސަރަހައްދުގެ ރަށްތަކަށް ވައި ޖެހޭނެ ކަމަށް ލަފާ ކުރެވެނީ25 މޭލާއި30 މޭލާއި ދެމެދުގެ ބާރުމިނުގައި އެވެ.
މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް