ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ތިލަމާލޭ ރަސްމީކޮށް ފައްޓަވައިދެއްވާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފި އެވެ.
ރައީސް އިންޑިއާއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ. މި ދަތުރުފުޅަކީ ބުރާސްފަތި ދުވަހުގެ ނިޔަލަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ރިޕޯޓުތައް ބުނާގޮތުގައި ބްރިޖުގެ ބިންގާ ރަސްމީކޮށް ރައީސް އަޅުއްވައިދެއްވާ ގޮތަށް އޮތީ މާދަމާ އިންޑިއާއަށް ވަޑައިގެން ދެ ގައުމުގެ ދެމެދު ބާއްވާ ރަސްމީ ބައްދަލުވުންތަކުގެ ތެރޭގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް