އާރުޓީއެލްގެ ބަސްތައް އަތޮޅުތެރެއަށް ގެންގޮސް ނިމިއްޖެ

އެމްޓީސީސީން އަލަށް ގެނައި މިނީ ބަސްތައް އަތޮޅުތެރެއަށް ގެންގޮސް ނިމިއްޖެ އެވެ. މިނީ ބަހުގެ ހިދުމަތް ފެށުމަށް އެމްޓީސީސީން ނިންމާފައިވަނީ ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި އެވެ. އެއީ ލ. އަތޮޅަށް، އައްޑ...

31 Jul 2022 | 05:14

އެމްޓީސީސީން އަލަށް ގެނައި މިނީ ބަސްތައް އަތޮޅުތެރެއަށް ގެންގޮސް ނިމިއްޖެ އެވެ.

މިނީ ބަހުގެ ހިދުމަތް ފެށުމަށް އެމްޓީސީސީން ނިންމާފައިވަނީ ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި އެވެ. އެއީ ލ. އަތޮޅަށް، އައްޑޫ ސިޓި އަދި ފުވައްމުލަކު ސިޓީ އާއި މާލޭ ސިޓީގައި އެވެ.

މި ހިދުމަތް ފެށުމަށް ބޭނުންވާ 41 ބަހުގެ ތެރެއިން 36 ބަސް މިމަހުގެ 16 ވަނަ ދުވަހު ވަނީ ރާއްޖެއަށް ގެނެސްފައެވެ.

އެންމެ ފުރަތަމަ ބަސްތައް ފޮނުވީ ލ. އަތޮޅާއި ފުވައްމުލަކު ސިޓީ އަށެވެ. އޭގެ ތެރެއިން ލ. އިސްދޫއަށް ދެ ބަސް އަދި ހަތަރު ބަސް ފޮނުވީ ގަމަށެވެ. ފުވައްމުލަކު ސިޓީއަށް ފޮނުވީ ފަސް ބަހެވެ.

މީގެ އިތުރުން އައްޑޫ ސިޓީއަށް 12 ބަސް ފޮނުވާފައިވެ އެވެ. އެމްޓީސީސީން ބުނީ ބުރާސްފަތި ދުވަހު އައްޑޫއަށް ބަސްތައް ގެންގޮސް ނިންމާލާފައިވާ ކަމަށެވެ.

އެ ކުންފުނިން މަސައްކަތް ކުރަމުންދަނީ މޯލްޑިވްސް ޓްރާންސްޕޯޓު ލިންކު (އާރުޓީއެލް) ގެ ދަށުން ދޭ މި ހިދުމަތް އެ ތިން އަތޮޅުގައި މަހެއްހާ ދުވަހުގެ ތެރޭގައި ދިނުމަށެވެ. އަދި މާލޭގާއި ހިދުމަތް ފެށޭނެ ކަމަށް ލަފާ ކުރަނީ ތިން މަސް ތެރޭގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް