މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާ އިޒަބެލް މެބާރަކަ ޖަލަށް ލުމަށް ހުކުމް ކޮށްދޭން އެދިއްޖެ އެވެ.
މިގޮތަށް އެދުނީ ސްޕެއިންގައި ޓެކްސްއަށް މަކަރު ހެދިކަމަށް ބުނެ އޭނާ އާއި ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދައުވާގައި އެވެ. މި މައްސަލަ ފުރަތަމަ ހައްލު ކުރެވޭތޯ ބެލީ ކޯޓުން ބޭރުގައި ނަމަވެސް ޝަކީރާ ވަނީ މަކަރު ހަދާފައި ނުވާނެ ކަމަށް ބުނެފަ އެވެ.
ޕްރެސެކިއުޓަރުން ކޯޓަށް ހުށަހެޅި މައްސަލައިގަ ބުނެފައިވަނީ2012 އިން2014 އަށް ޓެކްސްގެ ގޮތުގައި ސަރުކާރަށް ޝަކީރާ14.5 މިލިއަން ޔޫރޯ ދައްކަން ޖެހޭ ކަމަށެވެ. އެކަމަކު އޭނާ ޓެސްކް ދައްކާފައިވަނީ ވަރަށް މަދުން ކަމަށެވެ.
އެހެންވެ ކޯޓުގައި އެދިފައިވަނީ އަށް އަހަރަށް ޖަލަށް ލައި24 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ދެއްކުމަށް ޝަކީރާގެ މައްޗަށް ހުކުމް ކޮށްދިނުމަށެވެ.
މި މައްސަލައިގަ ޝަކިރާ ނެރުނު ބަޔާނެއްގައި ބުނީ އޭނާ އާއި ދެކޮޅަށް މައްސަލަ ނިމޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާޢި ޓެކްސްއަށް މަކަރު ހަދާފައި ނުވާނެ ކަމަށެވެ. އަދި ސްޕެއިންގެ ދައުލަތުން އެބުނާ މުއްދަތުގައި އެ ގައުމުގައި އެއްކޮށް ދިރިއުޅެފައި ނުވާނެ ކަމަށެވެ.
ސްޕެއިންގެ ގާނޫނު ބުނާގޮތުން އެގައުމުގައި ހަ މަހަށްވުރެ ގިނަ ދުވަހު ދިރިއުޅޭ މީހުން ޓެކްސް ދައްކަން ޖެހެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް