މިއަދު ކޯވިޑަށް ޕޮސިޓިވްވީ އަތޮޅުތެރެއިން 82، މާލެއިން 21 މީހުން

ކޯވިޑް-19 އަށް އިތުރު 123 މީހުން ޕޮސިޓިވް ވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މިއަދު އަތޮޅުތެރެއިން 82 މީހުން ޕޮސިޓިވްވެފައިވާ ކަމަށެވެ. މާލެއިން 21 މީހުން ޕޮސިޓިވްވެފައިވާއިރު ރިސޯޓުތަކުން ކޯވިޑް ޖެހިފައި...

31 Jul 2021 | 17:06

ކޯވިޑް-19 އަށް އިތުރު 123 މީހުން ޕޮސިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު އަތޮޅުތެރެއިން 82 މީހުން ޕޮސިޓިވްވެފައިވާ ކަމަށެވެ. މާލެއިން 21 މީހުން ޕޮސިޓިވްވެފައިވާއިރު ރިސޯޓުތަކުން ކޯވިޑް ޖެހިފައިވަނީ 20 މީހުންނަށެވެ.

މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 5،024 ސާމްޕަލެވެ.

މިވަގުތު ކޯވިޑަށް ފަރުވާދެމުން ދަނީ 2،601 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 16 މީހުންނަށެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 74،598 އަށް އަރާފައި އެވެ.

އަދި ބަލީގައި މިހާތަނަށް މަރުވެފައިވަނީ 221 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 77،432 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް