ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.
މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ބާއްވަން ހަމަޖެއްސީ ހެނދުނު 9:00 އަށެވެ.
މި މައްސަލާގައި މީގެކުރިން ވެސް އަޑުއެހުންތަކެއް ތާވަލުކުރި ނަމަވެސް، ކުރިއަށް ގެންދެވިފައެއް ނުވެ އެވ
ރައީސް ޔާމީންގެ މައްޗަށް މި ދެ ދައުވާ އުފުލީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މައްސަލައަކާ ގުޅިގެންނެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައި ވަނީ ރައީސް ޔާމީން، ނުފޫޒު ބޭނުންކޮށްގެން މއ.ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަގުތެގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ބޭނުން ކޮށްފައި ކަމަށެވެ.
ރައީސް ޔާމީން މިހާރު ގޭ ބަންދުގައި ހުންނެވިއިރު އެ ގޮތަށް ބަދަލު ކުރީ ޖަލުގައި ކޯވިޑް ފެތުރޭތީ ކަމަށް ކެރެކްޝަނުން ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް