އެމްބިއުލަންސެއް ނެތި ދެ އަހަރަށް ފަހު ގދ. ނަޑެއްލާ އަށް މީގެ ހަފުތާއެއްހާ ދުވަސްކުރިން ފޮނުވި އާ އެމްބިއުލަންސްގައި މައްސަލަ ޖެހި، ހަލާކުވެއްޖެ ކަމަށް އެ ރަށުގެ ކައުންސިލުން ހާމަކޮށްފިއެވެ.
އެ ރަށުގެ ކޯވިޑް-19 ހާލަތު ގޯސްވެފައި އޮތް އިރު އެމްބިއުލަންސެއް ނެތި ބަލި މީހުން ޕިކަޕެއްގައި އުފުލަން ޖެހުމަކީ ކައުންސިލްގެ ކަންބޮޑުވުމެކެވެ.
ނަޑެއްލާ ކައުންސިލުން ހާމަކުރާ ގޮތުގައި އެ ރަަށަށް ފޮނުވީ ކުރިން ބޭނުންކޮށްފައި އޮތް ބާ އެމްބިއުލަންސެކެވެ. އަދި އެ ދުއްވަން ފެށި ހަފުތާގައި މައްސަލަ ޖެހި ހުއްޓިފައިވާ ކަމަށް މައުލޫމާތު ދެއެވެ.
އާބާދީގައި 700 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ރަށުގައި ކޯވިޑް-19 ފެތުރެމުންދާތީ މި މަހު 13 އިން ފެށިގެން ވަނީ މޮނިޓަރިންއަށް ލައިފަ އެވެ. ބަައްޔަށް ޕޮޒިޓިވް 190 މީހުން މިހާރު ވެސް އެ ރަށުގައި އެބަތިއްބެވެ.
މި މައްސަލަ ހެލްތު މިނިސްޓްރީއާ ހިއްސާ ކުރުމުން ދެން އެންމެ އަވަހަށް ރާއްޖެ ގެންނަ އެމްބިއުލާންސްތަކުގެ ތެރެއިން އެއްޗެއް އެ ރަށަށް ފޮނުވައި ދޭނެ ކަމުގެ ޔަގީންކަން ދީފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް